
އެމްޓީސީސީން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ޕްރޮމޯޝަނުގެ މުއްދަތުގައި ކަނޑައެޅިފައިވާ ޕްރޮޑަކްޓްތަކުން 10 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ޑިސްކައުންޓް ލިބޭ ޕްރޮޑަކްޓްތަކަކީ:
- ސުޒުކީ އިންޖީނު
- ސްޓޮކް ބޭޑަ ކޮމްޕޮސައިޓްސް އަދި ފައިބަ ގްލާސް މެޓީރިއަލްސް
- ކާސްޓްރޯލް ލުބްރިކަންޓްސް
- ސުޒުކީ އަދި ޔަންމާ ސްޕެއަ ޕާޓްސް
- މެރޯލް ސްޓީއަރިން ސިސްޓަމް
- ޓިއުބް، ޝެފްޓް، ޕްރޮޕެލަ
- އެހެނިހެން އާލަތްތައް
މީގެ އިތުރުން ޔަންމާ އިންޖީނުން އަށް އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީން ބުނެފައިވަނީ "ރޯދަ ޕްރޮމޯ 2023" އަށް ހާއްސަކޮށްގެން އެ ކުންފުނިން ޕްރޮޑަކްޓްތައް ގެނެސްފައިވާ ކަމަށެވެ.
މި ރޯދަ ޕްރޯމޯ އެމްޓީސީސީން ޓާގެޓް ކުރާ ދާއިރާތަކަކީ:
- އިންޑަސްޓްރިއަލް ބޯޓް ބިލްޑިންގް އެންޑް އިންޖިނިއަރިންގް
- ޓޫރިޒަމް (ލިވަ ބޯޑްސް، ރިސޯޓްސް އަދި ލޯކަލް ޓޫރިޒަމް)
- ޓްރާންސްޕޮޓޭޝަން (ފެރީ އޮޕަރޭޓަރުން އަދި ލޮޖިސްޓިކަލް އޮޕަރޭޓަރުން)
- ފިޝަރީޒް (ލޯކަލް ފިޝަމެން)
މި ޕްރޮމޯޝަނާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ޓީމުތައް މާލެ އަދި ވިލިމާލޭގެ ބަނދަރުމައްޗަށާއި ހުޅުމާލެ ކަންނެލި ޖެޓީ އާއި ތިލަފުށި އިންޑަސްޓްރިއަލް ސައިޓްސްގެ އިތުރުން ބޯޓު ޔާޑަށް ޒިޔާރަތް ކުރާނެ ކަަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީ "ރޯދަ ޕްރޮމޯ 2023" ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި އިވެންޓުގައި ވާހަކަފުޅުދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި ގޮތުގައި މި އަހަރުގެ މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެ ކުންފުނި ކަމަށާއި އެކްސްޕޯގައި ބިގް ގޭމް ފިޝިން އަދި ރެކްރިއޭޝަނަލް ފިޝިންއަށް ހާއްސަ ސްޕީޑް ބޯޓް އެމްޓީސީސީން ދައްކާލާނެ ކަމުގައެވެ. އޭގެ އިތުރުން މިހާތަަނަށް ރާއްޖޭގައި އުޅަނދެއްގައި އަޅާނެ އެންމެ ބޮޑު އިންޖީނުވެސް އެ އެކްސްޕޯގެ ތެރެއިން ދައްކާލާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.