ads
މަގޫދޫގައި ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ސެންޓަރާ ގުޅޭގޮތުން ރަށު ކައުންސިލުގެ ރައީސް އާއި އެގްރޯނެޓުގެ އެމްޑީ ވަނީ މަޝްވަރާކުރައްވާފައި - ފޮޓޯ:އެގްރޯނެޓް
ފ. މަގޫދޫ ޑިސްޓްރިބިއުޝަން ސެންޓަރާ ގުޅޭގޮތުން މަޝްވަރާކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން ފ. މަގޫދޫގައި ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ސެންޓަރާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

އެގްރޯނެޓުން ބުނީ މަގޫދޫގައި ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ސެންޓަރު ނިމިފައިވާތީ އެ އިމާރާތުގެ ބޭނުން ކުރެވޭނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް އެ ރަށު ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދު އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި މަގޫދޫގައި ދަނޑުވެރިކަން އާލާކޮށް ކުރިއަށް ގެންދެވޭނެ ގޮތަކާ މެދު ކައުންސިލުގެ ފަރާތުން މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް އެގްރޯނެޓުން ބުނެއެވެ.

އެގްރޯނެޓުގެ ޑިސްޓްރިބިއުޝަން ސެންޓަރުތަކަކީ ދަނޑުވެރިން ހައްދާ ތަކެތި ތާޒާކަމާ އެކު ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ކޮންމެ ސެންޓަރެއްގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާއި ޑްރައިޑް ސްޓޯ ފެސިލިޓީއެއްގެ އިތުރުން އޮފީހެއް ހުންނާނެ ކަމަށް އެގްރޯނެޓުން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނެފައިވަނީ ކޯލްޑް ސްޓޯރޭޖްތަކުން އެ ސަރަހައްދެއްގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ޑިސްޓްރިބިއުޓް ކުރުމުގެ މަސައްކަތްތައް ކުރާނެ ކަމަށެވެ.

އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ސެންޓަރުތައް ގާއިމު ކުރާ ރަށްތަކުގެ ތެރޭގައި ފ. މަގޫދޫގެ އިތުރުން ނ. މަނަދޫ، ރ. ކިނޮޅަސް، ލ. އިސްދޫ، ލ. ކަލައިދޫ، ލ. ގަން، ގއ. ނިލަންދޫ، ޏ. ފުވައްމުލައް އަދި ސ. ހުޅުމީދޫ ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް