ads
ކަމިންސް އިންޖީނުތައް އޯވަހޯލް ކުރުމާ ބެހޭ ޓްރޭނިން ޕްރޮގްރާމުގެ ޕްރެކްޓިކަލް ސެޝަންތައް މާފުށީގައި ކުރިއަށް ގެންދަނީ - ފޮޓޯ:ސްޓެލްކޯ
ކަމިންސް އިންޖީނުތައް އޯވަހޯލް ކުރުމާ ބެހޭ ޓްރޭނިންއެއް މާފުށީގައި ބާއްވައިފި
ކަމިންސް އިންޖީނުތައް އޯވަހޯލް ކުރުމާ ބެހޭ ޓްރޭނިން ޕްރޮގްރާމުގެ ސެޝަންތަކެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މާފުށީގައި ބާއްވައިފިއެވެ.
Advertisement

ސްޓެލްކޯއިން ބުނެފައިވަނީ ކަމިންސް QSK60 އަދި K50 އިންޖީނުތަކުގެ އަސްލު ސްޕެއަ އާއެކު އޯވަހޯލް ކުރުމާ ބެހޭ ޓެކްނީޝަން ޓްރޭނިން ޕްރޮގްރާމުގެ ޕްރެކްޓިކަލް ސެޝަންތައް މާފުށީގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ކަމިންސް އިންޖީނުތައް އޯވަހޯލް ކުރުމާ ބެހޭ ޓެކްނީޝަން ޓްރޭނިން ޕްރޮގްރާމުގެ ޕްރެކްޓިކަލް ސެޝަންތައް މާފުށީގައި ކުރިއަށް ގެންދިޔައިރު، އެ ޕްރޮގްރާމުގެ ތިއަރީ ސެޝަންތައް ބާއްވާފައިވަނީ ސްރީލަންކާގެ ކޮލަމްބޯގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

your imageކަމިންސް އިންޖީނުތައް އޯވަހޯލް ކުރުމާ ބެހޭ ޓްރޭނިން ޕްރޮގްރާމުގެ ޕްރެކްޓިކަލް ސެޝަންތައް މާފުށީގައި ކުރިއަށް ގެންދަނީ - ފޮޓޯ:ސްޓެލްކޯ

ސްޓެލްކޯއިން ދަނީ އެ ކުންފުނީގެ މުވައްޒަފުންނަށް އެކި ރޮނގުރޮނގުން ތަމްރީނު ދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފަހުން ވަނީ އެ ކުުންފުނީގެ ޓެކްނިކަލް މުވައްޒަފުންނަށް ހާއްސަކޮށްގެން ޓްރެއިނިންއެއް ކުރިއަށް ގެންގޮސްފައެވެ. ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި އެ ޓްރެއިނިން ކުރިއަށް ގެންގޮސްފައިވަނީ އެ ކުންފުނީގެ ސާވިސް ސެންޓަރާއި ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓުގެ އިތުރުން އަތޮޅުތެރޭގެ އިންޖީނުގެތަކުގައި މަސައްކަތް ކުރަމުންދާ ޓެކްނިކަލް މުވައްޒަފުންނަށް ހާއްސަކޮށްގެން ކަމުގައެވެ.

އެ ޓްރެއިނިން ކުރިއަށް ގެންދިޔައީ ޔޫއޭއީގެ އިންޓަނޭޝަނަލް ސެންޓަ ފޯ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓުގެ ޓްރެއިނަރެއްގެ އެހީތެރިކަމާ އެކުގައި ކަމަށް އެ ކުންފުނިން ބުނެއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ ސެޓިފައިޑް ހައި ވޯލްޓޭޖް އަދި މީޑިއަމް ވޯލްޓޭޖް ކޭބަލް ސްޕްލައިސިން، ޖޮއިންޓިން އެންޑް ޓާމިނޭޝަންގެ ޓްރެއިނިންއެއް ކަމުގައެވެ.

ޓެކްނިކަލް މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޓްރެއިނިން ޕްރޮގްރާމުތަކުގެ އިތުރުން އަތޮޅުތެރޭގެ އިންޖީނުގެތަކުގައި މަސައްކަތް ކުރަމުންދާ ސުޕަވައިޒަ ލެވެލްގެ މުވައްޒަފުންނަށް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕްރޮގްރާމަކާއި އދ. އަތޮޅުގެ އިންޖީނުގެތަކުގައި މަސައްކަތް ކުރަމުންދާ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކަސްޓަމާ ސާވިސް ޓްރެއިނިން ޕްރޮގްރާމެއް ބާއްވާފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް