ads
ބީއެމްއެލުން އިނގުރައިދޫގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ފެށުން - ފޮޓޯ:ބީއެމްއެލް
ބީއެމްއެލުން އިނގުރައިދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފަށައިފި
ބީއެމްއެލުން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރ. އިނގުރައިދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.

ބީއެމްއެލުން ބުނި ގޮތުގައި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމުގެ އިތުރުން ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމުގައެވެ.

މިއަދު ފެށުނު ހިދުމަތާ އެކު، މި ވަގުތު ރ. އަތޮޅު އުނގޫފާރާއި މީދޫގައި ގާއިމުކޮށްފައިވާ ދެ ބްރާންޗާއި އެ އަތޮޅުގެ އަލިފުށި، ދުވާފަރު އަދި އިނގުރައިދޫގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކުން އެ ބޭންކުގެ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކަމަށް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލުން ބުނެފައިވަނީ ރ. އަތޮޅުގައި ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޖެންޓް ބޭންކިންގެ ހިދުމަތްދެމުން ގެންދާ ކަމަށެވެ.

އެ ބޭންކުން ބުނެފައިވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު، 20 އަތޮޅުގައި 35 ބްރާންޗާއި 84 ސެލްފްސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 141 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ހިމެނޭހެން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް