އޭނާ ވަނީ މިދިޔަ މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އޭނާގެ ލޯބިވެރިއާ އަދި އިނގިރޭސި ވިލާތުގެ ޓީވީ ތަރި އެކިން-ސޫ ކުލްކުލޮގްލޫއާއި އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.
ޑޭވިޑް މިއަދު އާންމުކުރި ވީޑިއޯގައި ބުނެފައިވަނީ އޭނާ ރާއްޖޭގެ ރެސްޓޯރަންޓަކުން ބޭރުކޮށްލީ ހެދުން އަޅާފައި ހުރިގޮތް ކަމުނުދާކަމަށް ބުނެކަމަށެވެ. ނަމަވެސް އޭނާ ބޭރުކޮށްލީ ކޮން ރެސްޓޯރަންޓަކުން ކަމެއް ހާމައެއް ނުކުރެއެވެ.
އޭނާ ބުނީ ރާއްޖޭގެ ރެސްޓޯރަންޓުން އޭނާ ބޭރުކޮށްލިނަމަވެސް، ރާއްޖޭގެ ކާނާ އޭނާއަށް ވަރަށް ކަމުދާކަމަށެވެ. އަދި ޑޭވިޑްއަކީ އޭނާގެ ރީތި ހަށިގަނޑުގެ ސަބަބުން ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ.
މީގެ ކުރިން ވެސް ޑޭވިޑް ވަނީ އެނާ ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރި އިރު ދިމާވި ނުރައްކާތެރި ހާދިސާއެއްގެ ވާހަކަވެސް އެނބުރި ގައުމަށް ގޮސް ކިޔައިދީފައެވެ.