
ރާއްޖޭގައި މިދިޔަ ފެބުރުއަރީ މަހުގެ ފަހުކޮޅު ޗުއްޓީ ހޭދަކުރުމަކަށްފަހު އެނބުރި އިނގިރޭސިވިލާތައް ދިޔަ ޑޭވިޑް އޭނާއަށް ދިމާވި، އޭނާ ބުނާގޮތުން "ނާމާން" ހާދިސާގެ ވާހަކަތައް ވަނީ 'ދަސަން' އަށް މިއަދު ކިޔައިދީފައެވެ.
އެގޮތުން ދެ ލޯބިވެރިން އުފަލާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އެމީހުންގެ މުޅި ދަތުރުގެ ރޫހު ގެއްލުވާލީ ހަތަރު ފިރިހެނުންނެވެ. އެމީހުން ރާއްޖެދިޔަ ވަގުތު ބަލައި އެމީހުން ދިިރިއުޅޭ ގެއަށް ވަދެ ވައްކަންކުރަން މަސައްކަތްކޮށްގެނެވެ.
ޑޭވިޑް ބުނެފައިވަނީ އޭނާ ރާއްޖޭގައި ހުއްޓާ ގެއަށް މީހަކު ވަންނަން އުޅުނު ކަމުގެ އިހުސާސެއް ކުރެވުނެވެ.
އެކިން ސޫ އަދި ޑޭވިޑް ސަންކްލިމެންޓީ
އެމީހުން ރާއްޖޭގައި ތިއްބާ އެމީހުންނަށް ފުލުހުން ގުޅައި އެމީހުން އެނބުރި ގައުމަށް ދަންދެން އެމީހުންގެ ފޮޓޯ ސޯޝަލްމީޑިއާއަށް ނުލުމަށް ވަނީ އެދިފައެވެ.
ޑޭވިޑް މަޝްހޫރު ވެފައިވަނީ "ލަވް އައިލެންޑް" އިންނެވެ. އޭނާގެ ލޯބިވެރިއާ އެކިން-ސޫ ކުލްކުލޮގްލޫ އަކީ ތުރުކީގެ ނަސްލުގެ އިނގިރޭސި ފިލްމީ ތަރިއެކެވެ. އަދި މޮޑެލް އެކެވެ. ޓީވީ ޝޯތަކުން ވެސް ފެންނަ ތަރިއެކެވެ. 2022 ވަނަ އަހަރު ތުރުކީގެ "ސޮޕް އޮޕެރާ ކުޒޭ ޔިލްޑިޒީ އިލްކް އަޝްކްގައި" އިސިލްގެ ރޯލު ކުޅުނެވެ. އޭގެ ފަހުން އައިޓީވީ-2 ގެ ރިއަލިޓީ ސީރީޒް "ލަވް އައިލެންޑް" ގެ އަށް ވަނަ ސީރީޒް ޑޭވިޑޭ ސަންކްލިމެންޓީއާ އެކު ކުޅެ ބޮޑު ތަރުހީބެއް އެކިން-ސޫ ވަނީ ހޯދާފައެވެ.