ކުރިއަށް އޮތް ރޯދަ މަހު ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އާންމުކޮށްފިއެވެ.

Advertisement
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެެއްގައި ބުނެފައިވަނީ،
- ރޯދަ މަހު ކެފޭ އަދި ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު ތިނެއް ޖަހަންދެން
- ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު އެފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން ފެށިގެން މެންދަމު ތިނެއް ޖަހަންދެން
- ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފިހާރަތައް ފަތިހު 05:30 އިން ފެށިގެން މެންދަމު އެކެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ
އެ މިނިސްޓްރީން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުންނާއި މުދާ ވިއްކާ ތަންތަނުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ހިދުމަތް ދިނުމަށް އިލްތިމާސްކޮށްފައެވެ.