ރާމާމަކުނު
ރާމާ މަކުނެެއް ގެއަކަށް ވަދެ އަންހެނެއްގެ ކަންފަތް އުފުރާލައިފި
Share
އެމެރިކާގެ އޮކްލަހޯމާގައި ދިރިއުޅޭ މެދުއުމުރުގެ އަންހެނެއްގެ ގެއަށް ރާމާ މަކުނެއް ވަދެ އެނާގެ ކަންފަތް އުފުރާލައިފިއެވެ.
Advertisement

ބުދަ ދުވަހު ހިނގި މި ހާދިސާގައި އަންހެން މީހާގެ ކަންފަތް އުފުރާލުމުގެ އިތުރުން އޭމީހާގެ އިސްތަށިގަނޑުން ތަންގަނޑެއްވެސް ރާމާ މަކުނު ވަނީ އުފުރާލާފައެވެ. 

އެ ރާމާމަކުނަކީ އަންހެން މީހާގެ އަވަށްޓެރިއެއް އޮޅުކޮށްގެން ގެންގުޅުނު މަކުނެކެވެ. ނަމަވެސް އެ މަކުނު ވަނީ މީގެ ދުވަސްކޮޅެއް ކުރިން ފިލާފައެވެ. 

ރާމާމަކުނު އަންހެން މީހާއަށް ހަމަލާ ދޭން އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ދޮރު ވެސް ހަލާކުކޮށްލައިގެންނެވެ. 

ރާމާމަކުނެއް އައިސް ގެއަށް ގެއްލުން ދޭތީ ޕާކާ ކިޔާ އެ އަންހެންމީހާ ވަނީ ފުލުހުންނަށް ގުޅާފައެވެ. އަދި މަކުނު އަންހެން މީހާއަށް ހަމަލާ ދިނީ ފުލުހުން އައުމުން އެމީހުންނާ ވާހަކަދައްކަން ގެއިން ނުކުތް ވަގުތުއެވެ. 

"އޮފިސަރާ ވާހަކަ ދައްކަން ގެއިން ނުކުތީ. އެވަގުތު މަކުނު އައިސް ފަހަތުން ހިފީ އިސްތަށިގަނޑުގަ ފުރަތަމަ. އިސްތަށި ގަނޑުން ބައެއް އުފުރާލާފަ ދެން ހިފީ ކަންފަތުގަ. ކަންފަތް ވީދާލާ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައި ނައްޓާލީ ކަރުދާސްގަނޑެއް ވީދާލާހެން،" އޭނާ އަށް ހަމަލާ ދިން މަކުނުގެ އަމަލުތައް ހުރިގޮތް ކިޔައިދެމުން ޕާކާ ސީއެންއެންއަށް ބުނެފައިވެއެވެ.

މަކުނު މައިތިރި ނުވުމުގެ ސަބަބުން ފުލުހުން މިހާރު ވަނީ މަކުނަށް ބަޑިޖަހައި މަރާލާފައެވެ. އަދި އޮކްލަހޯމާ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަކުނު މަރާލީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.  

50%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް