އެންސިސްއިން 'އައިރާ - އެކްސެޕްޝަނަލް ލިވިިން' އިފްތިތާހުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމަށް ދިން މުހުލަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ފަސް ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ.
'އައިރާ - އެކްސެޕްޝަނަލް ލިވިިން' ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ޕްރޮޖެކްޓުގެ ދަށުން ތަރައްގީކޮށްފައިވަނީ 94 އެޕާޓްމަންޓެވެ. އެއީ،
އެންސިސްއިން ހުޅުމާލޭގައި ތަރައްގީކުރި 'އައިރާ' ފްލެޓުތައް ހަވާލުކުރަން ވަނީ ފަށާފައި - ފޮޓޯ:އެޗްޑީސީ
މީގެ ކުރިން އެޗްޑީސީން ބުނެފައިވާ ގޮތުގައި ހުޅުމާލެ އަކީ ހުރިހާ ފަންތިއެއްގެ ބޯހިޔާވަހިކަން ހިމެނޭހެން ތަރައްގީ ކުރެވޭ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑު އިންސައްތައެއްގެ މަސައްކަތް ތާވަލާ އެއްގޮތަށް މިހާރު ކުރެވެމުންދާ ކަމުގައެވެ.
އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާ މަޝްރޫއުތަކުގެ މައްސަލަތައް ދެނެގަނެ، ހައްލު ހޯދުމަށް ކޮންޓްރެކްޓަރުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން އޭރު ބުނެފައިވެއެވެ.