ads
ރައީސް ސޯލިހް އަދި ގާސިމް
ރިޔާސީ ދެ ކެންޑިޑޭޓުން ތިބެގެން ކުރިއަށްދާން ދަތިވާނެ: ސަރުކާރު
ސަރުކާރުގައި ރިޔާސީ ދެ ކެންޑިޑޭޓުން ތިބެގެން ކުރިއަށްދާން ދަތިވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިއުވާން މިހެން ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް އެޕާޓީގެ ކައުންސިލުން ރޭ ނިންމުމާއި ގުޅިގެން، "ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުން ވަކިކުރާނެތޯ" ސީއެންއެމްއިން ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.

މިއުވާން ވިދާޅުވީ ސަރުކާރުގައި ދެ ކެންޑިޑޭޓުން ރިޔާސީ ރޭހުގައި ތިއްބެވުމުން ކުރިއަށް ދިއުމަށް ދަތިވާނެކަމަށާއި، އެހެންކަމުން އެ މައްސަލައާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"ކޯލިޝަން އެކުލަވާލަން ރައީސް ވާނީ މިހާރުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނަށް ދައުވަތު ފޮނުއްވާފައި. އެއަށް ޖުމްހޫރީ ޕާޓީއިން އަދި ޖަވާބެއް ދީފައެއް ނުވޭ. ރައީސްއާއެކު ކުރިއަށްދާން އަދާލަތު ޕާޓީއާއި އެމްޑީއޭ އިން އެވަނީ މިހާރު ނިންމާފައި. ޖުމްހޫރީ ޕާޓީއިން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމަ، ސަރުކާރުގައި 2 ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ވަޑައިގަތުމަށް ދަތިވާނެ. އެފަދަ ޙާލަތެއް އަތުވެއްޖެނަމަ، ދެން ކަންތައްކުރައްވާނެ ގޮތަކާމެދު ރައީސް ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕާއި ޤާސިމް އިބްރާހިމްއާއެކު މަޝްވަރާކުރައްވާނެ" - މިއުވާން

ޖުމްހޫރީ ޕާޓީން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ ރޭހަށް ނިކުންނެވުމަށް އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމެވިއިރު، މިހާރުގެ ސަރުކާރު ކޯލިޝަނާއެކު ކުރިއަށް ދިއުމަށް ނެގި ވޯޓްގައި މިސަރުކާރުގައި ތިއްބެވި ޖޭޕީއަށް ނިސްބަތްވާ ސިޔާސީ ބޭފުޅުންގެ ތެރެއިން ވޯޓް ދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެކަންޏެވެ.

މިހާރުގެ ކޯލިޝަން ޕާޓީތަކުގެ ތެރެއިން ރައީސް ސޯލިހްއަށް ތާއީދު ކުރުމަށް މިހާތަނަށް ނިންމާފައިވަނީ އަދާލަތު ޕާޓީ އެކަންޏެވެ.

ކޯލިޝަން ޕާޓީ ތަކުގެ ތެރެއިން ރައީސް މައުމޫނުގެ، މެެމްއާރުއެމުން ވެސް އަދި އިންތިހާބުގައި ކުރިއަށް ދާނެގޮތެއް ނުނިންމައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނީ ސެޕްޓެމްބަރު 30 ގައެވެ. 

28%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
47%
ވަރަށް ސަލާމް
ކޮމެންޓްސް