ސްޓެލްކޯއިން ބުނެފައިވަނީ ގާޒީ ސުކޫލުގެ ދަރިވަރުންތަކެއް އެ ކުންފުނީގެ ހުޅުމާލެ އިންޖީނުގެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. ގާޒީ ސުކޫލުގެ ދަރިވަރުން އެ އިންޖީނުގެއަށް ކުރި ޒިޔާރަތުގެ ތެރެއިން އެ ދަރިވަރުންނަށް ހުޅުމާލެ އިންޖީނުގެ ދައްކާލާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ދަރިވަރުންނަށް އިންޖީނުގެ ދައްކާލުމުގެ އިތުރުން އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި އެ ކުންފުންޏާ ބެހޭ މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމުގައެވެ.
މިދިޔަ މަހު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް އެ ކުންފުނީގެ ހެޑް އޮފީހަށް ޒިޔާރަތްކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި އެ ދެ ސްކޫލުގެ ދަރިވަރުން ކުރި ޒިޔާރަތްތަކުގެ ތެރެއިން އެ ދަރިވަރުންނަށް އެ ކުންފުނީގެ އިންޖީނުގެ ދައްކާލާފައިވާ ކަމަށެވެ. ދަރިވަރުންނަށް އިންޖީނުގެ ދައްކާލުމުގެ އިތުރުން އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި އެ ކުންފުންޏާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މި އަހަރުގެ ޖެނުއަރީ މަހު ތ. ކިނބިދޫ ސްކޫލުގެ ދަރިވަރުންތަކެއް އެ ކުންފުނީގެ ހުޅުމާލެ 50 މެގަވޮޓް އިންޖީނުގެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އެ ކުންފުނިން ބުނީ ދަރިވަރުންގެ އެ ޒިޔާރަތުގައި އިންޖީނުގެ ދައްކާލާފައިވާ ކަމަށާއި އެތަނުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާއި ސްޓެލްކޯ އާ ގުޅޭ މައުލޫމާތު ދީފައިވާ ކަމަށެވެ.