
ޔާމީންގެ މައްސަލައިގެ އިސްތިއުނާފު އިސްލާހު ކުރަން ހައިކޯޓުން އެންގީ މިދިޔަ ހަފްތާގައެވެ. ހައިކޯޓުގެ އެންގުމާ ގުޅިގެން އިސްލާހު ކުރުމަށް ފަހު އަލުން ހައުކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މިއަދު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެކަމަކު މައްސަލަ ހައިކޯޓުން ބަލައިގަތް ކަމެއް އަދި އެނގިފައެއް ނެތެވެ.
ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ. އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި މިދިޔަ މަހު ފަހުކޮޅު އިސްތިއުނާފު ކުރަން ހުށަހެޅިއެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގެ 25 ވަނަ ދުވަހުއެވެ.
ޔާމީންގެ މައްޗަށް ކުރި ހުކުމާ އެކު، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް މިވަގުތު ވަނީ ބަންދުވެފަ އެވެ. އެކަމަކު އެމަނިކުފާނު ވަކީލުން ވަނީ މިމަސް ތެރޭގައި ހައި ކޯޓުން އެމަނިކުފާނު މިނިވަން ކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.