
އެސްޓީއޯގެ ޓްރޭޑް ސެންޓަރުގެ ބޮޑު މަރާމާތަކަށްފަހު ޒަމާނީ ބަދަލުތައް ގެނެސް، އަމިއްލަ ފަރާތްތަކަށް ވިޔަފާރި ކުރެވޭގޮތަށް ފުރުސަތު ދެވިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 15 ވަަނަ ދުވަހުއެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ މި ކާމިޔާބު ކޮންސެޕްޓާ އެކު ޕީޕަލްސް ޗޮއިސްގައި އާންމު ފަރާތްތަކުން ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ރެކް ހޯދުމުގެ ވާދަވެރިކަން ބޮޑުވުމާ އެކު، މިހާރު ގެންދަނީ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާ އާންމު ވިޔަފާރިތަކަށް ހުޅުވާލުމަށްޓަކައި މަރާމާތުކުރުމުގެ މަސައްކަތްކުރަމުން ކަމަށެވެ. މީގެ އިތުރުން ކެއުންބުއިމަށް ބޭނުން ކުރާ ދިވެހި އުފެއްދުންތަކަށް ހާއްސަ ރެކެއް ކުއްޔަށް ދޫކުރުމަށްޓަކައި ތައްޔާރުކުރެވި އާންމުންނަށް ހުޅުވާލުމުގެ މަސައްކަތް ދަނީ ކުރަމުން ކަަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯއިން ބުނެފައިވަނީ އަމިއްލަ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ޕީޕަލްސް ޗޮއިސްގެ ތެރޭގައި ހިލޭ ފުރުސަތު ދިނުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން ކަމަށާއި އުންމީދަކީ ދިވެހި އަމިއްލަ އުފެއްދުންތެރިކަމަށް ކާމިޔާބު ފުރުސަތުތަކެއް ތަނަވަސް ކޮއްދިނުން ކަމަށެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހައިޕަމާކެޓް ކޮންސެޕްޓަށް އެއް އަހަރު - ފޮޓޯ:އެސްޓީއޯ
އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހައިޕަ މާކެޓް ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި،
- އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން މިއަދު ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު، ގުރުއަތުން ހޮވޭ ހަތަރު ފަރާތަކަށް ފަސްހާސް ރުފިޔާގެ ގިފްޓް ވައުޗައެއް ލިބޭނެ
- ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމް އަދި ފޭސްބުކްގައި ޝެއަ އެންޑް ވިން ޕްރޮމޯޝަނެއް އަގުހުރި އިނާމުތަކާ އެކު މިއަދު ކުރިޔަށް ގެންދާނެ
- މިހާރު ކުރިޔަށްދާ ރޯދަ ބާޒާރުގެ އިތުރަށް މާދަމައިން ފެށިގެން މި މަހުގެ 22 ވަނަ ދުވަހަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އިތުރު ޑިސްކައުންޓްތަކާ އެކު ޕްރޮމޯޝަނެއް ކުރިޔަށް ގެންދާނެ
- މިއަދުގެ އެކި ގަޑިތަކުގައި އެސްޓީއޯގެ ބްރޭންޑްތަކުގެ ރަހަ ދައްކާލުން އަދި ހަދިޔާ ބެހުން ކުރިޔަށް ގެންދާނެ
- މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ރެންޑަމްކޮށް، ސަޕްރައިސްއެއްގެ ގޮތުގައި 10 ފަރާތަކަށް އަގުހުރި އިނާމުތަކެއް ދޭނެ