ads
އިލާން
އިލާންއަށް ރާއްޖޭން ބޭރުން ފުރުސަތެއް ލިބިއްޖެ
އިންޓަ ސްކޫލް މުބާރާތުގައި ވިދާލި، އަދި ޔޫތު ފުޓްބޯޅަ މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ، ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާންއަށް ޔޫއޭއީ ގެ އަލް އައިން އެފްސީ ގެ ޔޫތު ޓީމުން ޓްރަޔަލް އެއް ފުރިހަމަކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
Advertisement

އިސްކަންދަރު ސްކޫލުގައި ތައުލީމް ހާސިލް ކުރަމުންދާ އިލާން އަކީ އުމުރުން އެންމެ 14 އަހަރުގެ ކުއްޖެކެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައިވަނީ ޒުވާން ފޯވާޑް އިލާންއަށް ޔޫއޭއީ ގެ އަލް އައިން އެފްސީ ގެ ޔޫތު ޓީމުން ފުރުސަތު ލިބުނުކަން ހާމަ ކުރައްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލް އައިން އިން އިލާން އަށް ހުށަހެޅީ އިންޓަނޭޝަނަލް ޗެލެންޖް ކަޕް ގައި އެ ކްލަބް ގެ ޔޫތު ޓީމަށް ކުޅުމުގެ ފުރުސަތެވެ. އަދި މި ފުރުސަތުގައި އޭނާގެ ކުޅުން މޮނީޓާ ކުރުމަށް ފަހު ކޮންޓްރެކްޓެއް ވެސް ހުށަހަޅާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ވެސް ކުޅެފައިވާ އިލާން ވަނީ މިދިޔަ އަހަރު ބޭއްވި 14 އަހަރުން ދަށުގެ އެފްއޭއެމް ޔޫތު ލީގާއި މިދިޔަ އާދިއްތަ ދުވަހު ނިމުނު 15 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ދާދި މިދާކަށް ދުވަހު ނިމުނު އިންޓަ ސްކޫލް މުބާރާތުގައި އިސްކަންދަރު ސްކޫލް ޓީމަށް އޭނާ ވަނީ ކުޅެދިން ހަ މެޗުން 38 ގޯލު ކާމިޔާބު ކޮށްފަ އެވެ. މިއާ އެކު ގައުމީ ފުޓްބޯޅަ ދަނޑުގައި އެންމެ ފަހުން އިލާން ކުޅުނު 14 މެޗުން މިވަނީ މުޅި އެކު 73 ގޯލު ޖަހައިފަ އެވެ.

88%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް