ads
ކްރިމިނަލް ކޯޓުގެ މައި ދޮރާށި
ކެވެލިކޮޅެއް ވަގަށް ނެގި އަންހެން ކުއްޖަކަށް ޖަލު ހުކުމެއް
ރައްޓެހި އަންހެން ކުއްޖެއްގެ ކެވެލި ފަށެއް ވަގަށް ނެގި އަންހެން ކުއްޖަކު ދޮޅު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލޭގައި ހިނގި ހާދިސާއަކާ ގުޅިގެން އައި ހުކުމެވެ. އަންގާރަ ދުވަހު، އަންހެން ކުއްޖާގެ މައްޗަށް އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކުރިނަމަވެސް އަދަބު ލުއިކޮށް އެ ހުކުމްވަނީ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމް ބަދަލުކޮށްފައިވަނީ 10،800 ރުފިޔާގެ ޖޫރިމަނާއަކަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ހިނގި މި ހާދިސާގައި އަންހެން ކުއްޖަކުވަނީ އޭނާގެ ރައްޓެހި އެހެން އަންހެން ކުއްޖެއްގެ ގެއިން ވައްކަންކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ދައުލަތުން ދައުވާ ކުރުމުން އަންހެން ކުއްޖާވަނީ ކެވެލި ފަށް ވަގަށް ނެގި ކަމަށް ޝަރީއަތުގައި އިއުތިރާފުވެފައެވެ. މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ވަކީލަކާވެސް ނުލާ އަންހެން ކުއްޖާ އެދިގެން އަމިއްލައަށެވެ.

ޝަރީއަތުގައި އެ އަންހެން ކުއްޖާ ކިޔައި ދިން ގޮތުގައި، ރައްޓެއްސެއްގެ ގެއަށް ގޮސް ފާހާނާއަށް ވަންނަން އެދުމުން ފާހާނާއަށް ވަންނަން އޯކޭ ދިނުމުން، ފާހާނާއަށް ދިޔަ މަގުމަތީގައި ޑްރެސިން ޓޭބަލް މަތީ ކެވެލި ފަށް އޮއްވާ ފެނުމުން އެ ކެވެލި ފަށް ވަގަށް ނެގީއެވެ.

36%
ކަމުގޮސްފި
55%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް