ads
ރައީސް ރޭ ފަރެސްމާތޮޑާ އެއާޕޯޓް ހުޅުއްވާދެއްވަނީ: ފޮޓޯ ރައީސް އޮފީސް
މި އަހަރު ތެރޭގައި 3 އެއާޕޯޓެއް ނިމި، 4 އެއާޕޯޓެއްގެ މަސައްކަތް ފެށޭނެ: ރައީސް
މި އަހަރުގެ ތެރޭގައި އިތުރު ތިން އެއާޕޯޓެއްގެ މަސައްކަތް ނިމި، ހަތަރު އެއާޕޯޓެއްގެ އަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
Advertisement

ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުތުރުގެ ދެ އަތޮޅެއްގެ އިތުރުން ދެކުނުގެ ދެ އަތޮޅެއްގައި ހަތަރު އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަރަށް ހަލުވިކަމާ އެކު ކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވެފައިވަނީ ރ. އަލިފުއްޓާއި މ. މުލި އަދި ފ. މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއާޕޯޓުތަކުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމާ ހިދުމަތް ދޭން ފެށޭނެ ކަމަށެވެ. ނ. މާފަރު އެއާޕޯޓު އިތުރަށް ތަރައްގީކޮށް، ފެންވަރު މަތިކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް މި އަންނަ އަހަރުގެ ކުރީކޮޅު ނިންމައި ހިދުމަތް ދޭން ފެށޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

your imageރައީސް ސޯލިހު: ވިދާޅުވީ އެއާޕޯޓުތައް ގާއިމުކޮށް ނިމޭއިރު، އެތެރޭގެ އުދުހުންތަކުގެ ވިއުގަ ވަރަށް ބޮޑަށް ގެތި ލާމެހިގެންދާނެ ކަމަށް - ފޮޓޯ:ރައީސް އޮފީސް

"ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، އަދި ތ. ވިލުފުށީގައި ގާއިމުކުރާ ވައިގެ ބަނދަރުތައް. އެ ހަތަރު ވައިގެ ބަނދަރަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު އޮތީ ބީލަމުގެ އެންމެ ފަހު މަރުހަލާގައި. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެކަންވެސް ބަޔަކާ ހަވާލުކުރެވިގެންދާނެ. ރ. އަތޮޅު ދެކުނު ބިތުގައި ތަރައްގީ ކުރަން ނިންމި އެއާޕޯޓާ ގުޅޭ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް އެބަ ކުރިއަށް ދޭ،" އިތުރު ހަތަރު ރަށެއްގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާ ރައީސް ވިދާޅުވިއެވެ.

your imageފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި މި އެ އެއާޕޯޓުތައް ގާއިމުކޮށް ނިމޭއިރު، އެތެރޭގެ އުދުހުންތަކުގެ ވިއުގަ ވަރަށް ބޮޑަށް ގެތި ލާމެހިގެންދާނެ ކަމުގައެވެ. އެގޮތުން ވަޒީފާގެ އިތުރު ފުރުސަތުތައް އުފެދި، އިގުތިސޯދީ ހަރަކާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ދިރުމަކަށް ވެގެންދާނެ ކަމަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމަށް ލިބޭ ރަނުގެ ފުރުސަތުތަކަށް ވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް