ads
އާލިއާ ބަޓް އަދި ސޯނީ
އާލިއާ ބަޓް އަކީ އަހަރެންގެ ޓްވިންސް އެއް: ސޯނީ
އާލިއާ ބަޓް އަކީ އޭނާގެ މަންމަގެ 'ޓްވިންސް' އެއް ކަމަށް އޭނާގެ މަންމަ ސޯނީ ރަޒްދާން މިއަދު ބުނެފިއެވެ.

ސޯނީ މިހެން ބުނެ ވަނީ އާލިއާ ބަޓްގެ 30 ވަނަ އުފަންދުވަހާއި ގުޅިގެން މީސްމީޑިއާއަށް ދޫކޮށްލި ފޮޓޯއަކާއި، އަސަރުގަދަ ސިޓީއެއްގައެވެ. 

އެ ސިޓީއަކީ އާލިއާ ބަޓް އަށް 30 އަަހަރު ފުރުމުން އޭނާގެ މަންމަ ލިޔުނު ސިޓީއެކެވެ. އަދި ސޯނީ ޝެއާކޮށްފައިވާ އޭނާ ޒުވާންއިރުގެ ފޮޓޯއާއި އާލިއާ ބަޓްއާއި ވަރަށް ވައްތަރެވެ. 

"އަހަރެންގެ ޓްވިންސް (އެއްމާބަނޑު) ދަރިފުޅަށް އުފާވެރި އުފަންދުވަހަކަށް އެދެން. އެކަމަކު ދެ ޒަމާނެއްގައި އަހަރުމެން އުފަންވިއަސް އާލިއާގެ ކާމިޔާބީއާއި އަދި މިނިވަން އަންހެނެއްގެ ގޮތުގައި އުޅޭތަން ބަލަން އަހަރެން ވަރަށް ހިތްހަމަޖެހޭ،" އާލިއާ ބަޓްގެ މަންމަ ލިޔުނު ސިޓީގައި ބުނެފައިވެއެވެ.

އާލިއާ ބަޓްއަކީ އެނާގެ ޓްވިންސްއެއްކަމަށް ސޯނީ ބުނަނީ އޭނާ ޒުވާން ދުވަސްވަރާއި އާލިއާ ބަޓް މިހާރު ހުރި ސިފައާއި ވައްތަރުކަމުންނެވެ. 

your imageސޯނީ އަދި އާލިއާ ބަޓް

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ދަރިއަކު ލިބުމާއި ގުޅިގެން ތިން ވަރަކަށް މަސް ދުވަހުގެ ބްރޭކެއް ނެގުމަށްފަހު އާލިއާ ބަޓް ވަނީ އަނެއްކާވެސް ފިލްމު ކުޅުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިހާރު އާލިއާ އަންނަނީ ކަރަން ޖޯހަރުގެ 'ރޮކީ އޮރޯ ރާނީ ކީ ޕްރޭމްކަހާނީ' ޝޫޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

އާލިއާ އާއި ރަންބީރު ކަޕޫރު ގެ އަންހެން ދަރިފު ރަހާ ކަޕޫރު އަށް ހަތަރު މަސް ވެފައިވާއިރު ވެސް އެ ކުއްޖާގެ ފޮޓޯއެއް އަދިވެސް އެމީހުން އާންމެއް ނުކުރެއެވެ. އާލިއާ ބުނާގޮތުން އޭނާގެ ދަރިފުޅު ވައްތަރީ އޭނާއާއެވެ.  

ސޯނީ ރަޒްދާން އަކީ އިނގިރޭސި ވިލާތުގެ ފިލްމު އެކްޓަރެކެވެ. އަދި ޕްރޮޑިއުސަރެކެވެ. ސޯނީ ކައިވެނިކުރީ އިންޑިއާގެ ފިލްމު ޑައިރެކްޓަރު މަހޭޝް ބަޓް އާއި އެވެ. އާލިއާ އަކީ އެ ދެމީހުންގެ ދަރިއެކެވެ.  

17%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް