އެޗްޑީސީގެ މުވައްޒަފަކު އެ ކުންފުނީގެ ތިޖޫރީން ވައްކަން ކުރި މައްސަލަ ފެންމަތި ވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. އަދި ވަގައް ނެގީ ކިހާ އަދަދެއްގެ ރުފިޔާއެއް ކަމެއް ތަފްސީލް ކޮށްދީފައެއް ނުވެއެވެ.
އެ ކޯޕަރޭޝަނުން ބުނީ މި މައްސަލާގައި ވަގައް ނެގި ފައިސާ ހޯދަން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ތަހުގީގު ތެރޭގައި އިތުރަށް އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
އެޗްޑީސީގެ މުވައްޒަފަކު އެ ކުންފުނީގެ ތިޖޫރީން ވައްކަން ކުރި މައްސަލަ ފެންމަތިވެފައިވާއިރު، އެ ކުންފުނީގެ އެހެން މުވައްޒަފަކުވެސް ވަނީ އެތަނުގެ އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތްތަކަށް ބިމެއް ދޭނެކަމަށް ފައިސާގެ މުއާމަލާތެއް ހިންގާފައެވެ.