
ސަނާ ކައިވެނިކޮށްފައިވަނީ 2020 ވަނަ އަހަރުގަ އެވެ. އޭނާ ކައިވެނި ކޮށްފައިވަނީ މުފްތީ އަނަސް އާއެވެ.
ކައިވެންޏަށް ފަހު ފިލްމު އިންޑަސްޓްރީއާއި މުޅިން ދުރަށްގޮސް، ސަނާވަނީ އޭނާގެ މުޅި އުޅުން ބަދަލުކޮށްފައެވެ. ދީނީ ކަންކަމަށް އިސްކަން ދިއުމާއެކު ސަނާވަނީ އާއިލީ ޒިންމަވެސް ނަގާފައެވެ.
އިގްރާ ޓީވީއަށް ސަނާއާއި އަނަސް ދިން އިންޓަވިއުއެއްގައި ބުނީ ސަނާ މިހާރު އެމީހުންގެ ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑުކަމަށާއި ދަރިފުޅަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ.
ސަނާވަނީ މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދި ދާދިފަހުން އުމްރާގެ އަޅުކަންވެސް އަދާކޮށްފައެވެ. އަދި ދީނީ ކަންކަމަށް އިސްކަންދޭނެ ކަމަށާއި އިސްލާމް ދީނުގައި އަންގަވާފައިވަގޮތަށް އުޅުމަށް މަސައްކަތް ކުރާނެކަމަށް ސަނާ ބުނެފައި ވެއެވެ.
ސަނަވަނީ 2021 ވަނަ އަހަރު ރާއްޖޭގައި އޭނާގެ ފިރިމީހާއާއި އެކު ޗުއްޓީވެސް ހޭދަކޮށްފައެވެ.