ads
އިބްރޮހޮމަވިޗް އަލުން ގައުމީ ޓީމަށް
އިބްރޮހޮމަވިޗް އަލުން ގައުމީ ޓީމަށް
ސްވިޑްންގެ ގައުމީ ޓީމަށް، އުމުރުން 41 އަހަރުގެ ޒްލަޓާން އިބްރޮހޮމަވިޗް އަނެއްކާވެސް ނަގައިފިއެވެ.

ތަޖުރިބާކާރު ފޯވާޑް އިބްރޮހޮމަވިޗް އަލުން ގައުމީ ޓީމަށް ނެގީ، ޔޫރަޕިއަން ޗެމްޕިއަންޝިޕް ކޮލިފައިންގައި މި މަހުގެ ފަހުކޮޅު ކުޅެންޖެހޭ މެޗަށް އެކުލަވާލި ސްކޮޑަށެވެ. ޔޫރޯ ކޮލިފައިންގައި ސްވިޑްން މިމަހުގެ ފަހު ކޮޅު ކުޅުމަށް ހަމަޖެހިފައިވަނީ ބެލްޖިއަމް އާއި އަޒަރްބައިޖާނާއި ދެކޮޅަށެވެ.

އިބްރޮހޮމަވިޗް މިފަހަރުގެ ސްކޮޑްގައި ހިމަނައިފާ މިވަނީ ގައުމީ  ޓީމަށް އެންމެފަހުން މެޗެއް ކުޅުނުތާ އަހަރެއް ފަހުންނެވެ. ސީޒަންގެ ބޮޑުބައިގާ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި އިބްރަހިމޮވިޗް އެނބުރި ކުޅުމުގެ ތެރެއަށް އައިސްފައިވަނީ ވަރަށް ފަހުންނެވެ.

އަލުން ގައުމީ ޓީމަށް އިބްރަހިމޮވިޗް ނެގިއިރު، 2016 ވަނަ އަހަރު އޭނާވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައެވެ. ނަމަވެސް 2021 ވަނަ އަހަރު އަނެއްކާވަނީ ގައުމީ ޓީމަށް އަލުން ކުޅެން ފަށާފައެވެ.

އިބްރަހިމޮވިޗް އެންމެފަހުން ސްވިޑްން ޓީމަށް ކުޅެފައިވަނީ ވާރލްޑް ކަޕް ކޮލިފައިންގ ޕްލޭ އޮފްގައި ޕޯލަންޑާއި ދެކޮޅަށް މިދިޔަ އަހަރު ކުޅުނު މެޗްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް