ads
ފީފާގެ ރައީސް
ފީފާގެ ރައީސްކަމަށް އަނެއްކާވެސް އިންފަންޓީނޯ
ވޯޓަކާ ނުލައި ފީފާގެ ރައީސްކަމުގެ މަގާމަށް މިހާރު ވެސް އެ މަގާމުގައި ހުންނެވި ޖިއާނީ އިންފަންޓީނޯ އިންތިހާބު ކުރުމަށް ނިންމައިފި އެވެ.

ފީފާގެ ރައީސްކަމުގެ މަގާމަށް އަނެއްކާވެސް އިންފަންޓީނޯ ގެންނަން ނިންމީ ރުވާންޑާގެ ކިގަލީގައި މިހާރު ކުރިއަށްދާ ފީފާގެ 73 ވަނަ ކޮންގްރެންސްގައެވެ.

ފީފާގެ ރައީސް ކަމުގައި އެކަކަށް އެންމެ ގިނަ ދުވަހު ހުރެވޭނީ ހަތަރު އަހަރުގެ ހަތަރު ދައުރު އެވެ. އިންފަންޓީނޯ ފުރަތަމަ ފީފާގެ ރައީސް އިންތިހާބުވީ، ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ، ކޮރަޕްޝަން މައްސަލަތަކެއްގައި އިސްތިއުފާ ދެއްވުމުން 2015 ވަނަ އަހަރުއެވެ. އެހެންނަމަވެސް ބްލެޓާގެ ދައުރު ފުރިހަމަ ނުވަނީސް އިންފަންޓީނިއޯ އެ މަގާމާ ހަވާލުވުމުން، އެއީ ފުރިހަމަ ދައުރެއް ކަމަށް ނުބަލައެވެ.

އެހެންކަމުން އިންފަންޓީނޯ އަށް މިހާރު ކަން އޮތް ގޮތުން 2027 ވަނަ އަހަރަށް ފަހު ވެސް ފީފާގެ ރައީސްކަމުގައި ހުރުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ. ފީފާގެ ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން އިންފަންޓީނޯ ހުންނެވީ ޔޫއެފާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް