ads
ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން
ޕޯޓަލް މެދުވެރިނުކޮށް ކޮމިޝަނަށް ގޮސްގެންވެސް މައުލޫމުދެވޭނެ ގޮތް ހަދައިފި
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބަލަމުން އަންނަ ރިޔާސީ ކޮމިޝަނަށް ގޮސްގެންވެސް އެ ހާދިސާއާއި ގުޅޭ މައުލޫމާތު ދޭން ބޭނުންވާ މީހުން އެފުރުސަތު އޮތްކަމަށް އެކޮމިޝަނުން ބުނެފިއެވެ.
Advertisement

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް ޑރ. މުއިއްޒު ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އޭރު ކޮމިޝަންގައި ހިމެނި ތިން މެމްބަރުންގެ ތެރެއިން ޑރ. މުހައްމަދު ހަބީބް ކޮމިޝަނުން އިސްތިއުފާދެއްވުމުން އަލުން ކޮމިޝަނަށް ބަދަލު ގެންނަވާ ޖެހިގެން އައި ދުވަހު އެކުލަވާލިއެވެ.  

ރިޔާސީ ކޮމިޝަނުން އިއްޔެ ވަނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅުނު މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ޕޯޓަލެއް ހަދާ އެ ފުރުސަތު ހުޅުވާލާފައެވެ.  

އެ ކޮމިޝަނުން މިއަދު ބުނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ޕޯޓަލް މެދުވެރި ނުކޮށް ކޮމިޝަނާ ޙިއްސާ ކުރައްވަން ބޭނުންވާ ފަރާތްތަކަށް ކޮމިޝަނުގެ އޮފީހަށް ޒިޔާރަތްކޮށް ނުވަތަ ލިޔުމުން މަޢުލޫމާތު ހިއްސާކުރެއްވިދާނެކަމަށެވެ. އަދި މައުލޫމާތު ހިއްސާކުރާ ފަރާތްތައް އާއްމުވެިޔަ ނުދޭނެކަަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. 

" މިގޮތަށް މަޢުލޫމާތު ހިއްސާކުރައްވާ ބޭފުޅުންގެ މަޢުލޫމާތު ސިއްރުކުރެވޭނެ." ކޮމިޝަނުން ބުނެއެވެ.

ރިޔާސީ ކޮމިޝަނުން ބުނީ އެ ކޮމިޝަންގެ އޮފީސް ހުންނާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިތުރުވެނި އިމާރާތުގެ (ކުރިން ސައުދީ އެމްބަސީ ހުރި އިމާރާތުގެ )  ފުރަތަމަ ފަންގިފިލާގައިކަމަށެވެ. އަދި އޮފީސް ހުޅުވިފައި ހުންނާނީ އާދިއްތަ  އިން ބުރާސްފައްޗަށް ކޮންމެ ދުވަހަކު ހނދުނު 9:00 ން މެންދުރުފަހު 2:00 އަށްކަމަށް ކޮމިޝަނުން ބުނެއެވެ. އަދި އެތަނުގެ ފޯނު ނަމްބަރަކީ 7426333 ކޮމިޝަނުން ބުނެއެވެ. 

ޔުމްނު ވެއްޓުނު ހާދިސާ ރިޔާސީ ކޮމިޝަނުން ބަލަމުން އަންނައިރު އެ މައްސަލަ ފުލުހުންވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. އެގޮތުން މި މައްސަލާގައި ޔުމްނު ވެއްޓުނު ރޭ އޭނާއާއި އެކު ހުރިކަމަށް ފުލުހުން ދެއްކި ވީޑިއޯތަކުން ފެނުނު އަހްމަދު ރައުދު ޒިލާލް ހައްޔަރުކޮށް 10 ދުވަހު ބަންދު ވަނީ ޖަހާފައެވެ. އަދި ޔުމްނު ވެއްޓުނު ރޭ ދެން އޭނާއާއި އެކު އެރޭ ޕާޓީކުރި އެންމެންގެ ޕާސްޕޯޓާއި ފޯނު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް