ads
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
އިންތިހާބާ ބެހޭ ގާނޫނުން ނޫސްވެރިންނަށް ލިބޭނީ އިތުރު ފުރުސަތުތަކެއް: ސަރުކާރު
އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުން މީޑިއާއަށް އަދި ނޫސްވެރިންނަށް ލިބޭނީ އިތުރު ފުރުސަތުތަކެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި، އިންތިހާބުތައް ކަވަރުކުރުމަށް މީޑިއާއަށް ހުރަސްއަޅާ، ހަނިކޮށްފައިވާކަމަށް ވިދާޅުވެ، މި ބިލުގެ ބަހުސްގެ މަރުހަލާގައި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައެވެ.

މީޑިއާތަކުން އިންތިހާބު ކަވަރުކުރުމަށް ހުއްދަދެވޭނީ އެމީޑިއާއެއްގައި ރެޖިސްޓްރީވެފައިވާ ނޫސްވެރިންނާއި ފޮޓޯ ގްރާފަރުންނާއި ވީޑިއޯ ގްރާފަރުންނަށް ކަމަށް މިބިލުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ އިންތިހާބުތައް ކަވަރު ކުރުމަށް، މީޑިއާތަކަށް ހަނިކުރުން ކަމަށް މެމްބަރުން ވިދާޅުވިއެވެ.

މީޑިއާތަކުގައި ރެޖިސްޓްރީވެފައިވާ މުވައްޒަފުންނަށް އެކަނި އިންތިހާބު ކަވަރުކުރެވޭގޮތަށް ހަނިކޮށްފައި އޮތުމަކީ، އިންތިހާބުތައް ކަވަރު ކުރުމަށް މިހާރު މީޑިއާތަކަށް ދީފައިވާ ފުރުސަތަށް ހުރަސްއެޅުންކަމަށާއި ރާއްޖޭގައި ގިނަ މީޑިއާތައް ހިންގަނީ ދާއިމީ ގިނަ މުވައްޒަފުންތަކެއް ގޮވައިގެން ނޫންކަމަށާއި އެހެންކަމުން، ގާނޫނަށް މި އިސްލާހު ގެނެސްފިނަމަ މުޅި ރާއްޖޭގައި ބާއްވާ އިންތިހާބެއް ކަވަރުކުރުމަށް މީޑިއާތަކަށް ހުރަސް ކުރިމަތިވާނެކަމަށް މެމްބަރުން ވިދާޅުވިއެވެ.

މިހާރުވެސް އަމަލު ކުރަމުންދާގޮތަކީ އިންތިހާބުތަކުގައި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ މީހުން އިންތިހާބުތަކާއި ގުޅިގެން މީޑިއާތަކުން ހޯދަނީކަމަށާއި އޭގެން ބޮޑު މައްސަލައެއްވެސް ނިކުމެފައި ނެތްކަމަށް  މިހާރު އޮތް ގޮތް ބަދަލުކުރަން ނުފެންނަކަމަށް ގިނަ މެންބަރު ވިދާޅުވިއެވެ. މި ބިލުގެ ފުރަތަމަ ކިއުން އިއްވާ ބަހުސްގެ މަރުހަލަ ނިންމާ މިހާރުވަނީ މަޖިލީހަށް ބަލައުގެންފައެވެ.

މިބިލު މި އޮތްގޮތަށް ފާސްކޮށްފިނަމަ މީޑިއާއަށާއި ނޫސްވެރިންނަށް ފުރުސަތު ހަނިވެ ހުރަސްތައް ކުރިމަތިވާނެކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ބައިނަލްއަގްވަމީ ނޫސްވެރިންގެ ޖަމިއްޔާއެއްކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ވެސް ވަނީ ބުނެފައެވެ. މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް ވަނީ މިބިލު މިހާރު އޮތްގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިހާރު އޮތް ގޮތަށް ބިލް ފާސްނުކުރުމަށް އެފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ނޫސްވެރިންނަށް ހުރަސްތަކެއް ކުރިމަތި ނުވާނެކަމަށްވެ. އޭގެ ބަދަލުގައި ސިސްޓަމެޓިކްކޮށް ކަންކަން ރޭވި އިންތިހަބުތައް ކަވަރު ކުރުމަށް ކުރިން މީޑިއާތަކަށް ނުލިބޭ ފުރުސަތުތަކެއް ހޯދައިދެވޭނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ އާއްމު ރައްޔިތަކަށް އިންތިހަބުތަކާ ގުޅެ މަރުކަޒުތަކުގައި މީގެ ކުރިން ނުލިބޭ އެތައް ހައްގެއް ނޫސްވެރިންނަށް ލިބޭކަމަށާއި ބިލް އިސްލާހުކުރާއިރު އެއިން އެއްވެސް ކަމަކަށް ބަދަލު ނުގެންނަކަމަށްވެސަ މިއުވާން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް