ads
އެނަމާ ބޯޓުގެ ހާދިސާ ހިނގީ 17 މާރިޗު 2004 ގައި
ތާރީޚުން މިއަދު: އެނަމާ ބޯޓުގެ ހިތާމަވެރި ހާދިސާ
އެނަމާ ބޯޓު ބަންޑުން ޖަހާލައި ދިމާވި ހިތާމަވެރި ކާރިސާއަކީ ކަނޑުމަތީގެ އެކްސިޑެންޓެއްގައި ދިވެހިރާއްޖޭގެ ތާރީހުގައި އެއްމެ ގިނަ އަދަދެއްގެ މީހުން ނިޔާވި އެއްމެ ހިތާމަވެރި ކަނޑުމަތީގެ އެއް ކާރިސާއެވެ. މި ހާދިސާ ހިނގީ 17 މާރިޗު 2004 ގައެވެ.
Advertisement

ގއ. ވިލިނގިލިން ފުރައިގެން ގދ.ތިނަދުއަށް ދަތުރުކުރި އެނަމާ ބޯޓު ބަންޑުން ޖަހާލި ހާދިސާގައި 24 މީހުން ނިޔާވެ، ދެ މީހަކު ގެއްލުނެވެ. އެ ބޯޓުން ޖުމްލަ 122 މީހުން ދަތުރުކުރިއެވެ. ނިޔާވި މީހުންގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ 19 މާރޗް 2004 ވީ ހުކުރު ދުވަހުއެވެ. 

މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެ ހިތާމައިގައި ކަށުނަމާދު ކުރިއެވެ. އަދި ހިތާމައިގެ ދުވަހެއްގެ ގޮތުގައި ސަރުކާރު ބަންދުކޮށް ދިވެހި ގައުމީ ދިދަވެސް ބައިދަނޑިއަށް ތިރިކުރިއެވެ.

އެ ދުވަހުގެ އެ ހިތާމަވެރި ހާދިސާގައި ވަކިވެދިޔަ އަހުންނާއި އުހްތުންގެ ހަނދާން އާކުރަމުން މި ރިޕޯޓް ލިޔަން އުނދަގޫވެސްވެއެވެ. އެއީ ހާދިސާގެ ސީދާ އަސަރު ކުރި އާއިލާތަކުގައި އެ ހިތާމައާ ވޭންތައް މިއަދުވެސް ފުރަތަމަ ދުވަހެކޭ އެއް ގޮތަށް ހުންނާނެކަން އެނގޭތީއެވެ.

މި ހިތާމަވެރި ކާރިސާ ހިނގި ދަތުރަކީ ގއ. ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗެއްބެލުމަށް ގދ. ތިނަދޫއިން އެ ރަށަށް ދިޔަ މީހުން އެނބުރި ތިނަދޫއަށް ކުރިދަތުރެވެ. އެ މެޗަކީ ދިވެހި ލީގަށް ކޮލިފައިވާން ޒޯން ހަތެއްގެ ގދ. ތިނަދޫ މަސްވެރިންގެ ރޫހާއި، ގއ. ވިލިނގިލީ މަސްވެރިންގެ ކްލަބް ވިލިނގިލާ ބައްދަލު ކުރި މެޗެވެ.

މި މެޗަށް ފަހު ތިނަދޫ ޓީމުގެ ސަޕޯޓަރުން ބޯޓަށް އެރީ އިރު އޮއްސި 6:50 ހާއިރުއެވެ. ދަތުރު ކުރަމުން ގޮސް ބައިގަޑި އެއްހާއިރު ވީތަނާ އިންޖީނިހުއްޓިގެން އޭގެ ފިލްޓަރެއް ބަދަލުކޮށް އަލުން ދަތުރުފެށިއެވެ. ދެން އޭގެފަހުން ހުރިހާކަމެއްވެސް އާދައިގެމަތިން ގޮސް މި ކާރިސާއާ ކުރިމަތިވީ ވަރަށް ކުއްލިގޮތަކަށް އެރޭ 8:30 ކަންހާއިރުއެވެ.

މި ކާރިސާ ހިނގާފައިވާ ގޮތެއްކަމަށްވަނީ އެނަމާބޯޓާ 40 ފޫޓު ދުރުން ދަތުރު ކުރަމުންދިޔަ މަސް ދޯންޏެއްގެ މޯހިރުން އުފެދުނު ރާޅެއްގައިޖެހި އެނަމާ ބޯޓު ތަޅުވާ ބަންޑުންޖަހާލައިގެންނެވެ.

އެނަމާ ބޯޓު ހާދިސާގައި ދުނިޔެ ދޫކޮށްފައިވާ އެންމެހާ ފަރާތްތަކަށް ސުވަރުގެ މިންވަރު ކުރައްވާށި! އަދި އެ އާއިލާތަކަށް ކެތްތެރިކަން ދެއްވާށި!  

55%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް