އަވަށްޓެރި ލަންކާގައި ނަގާފައިވާ މި ފިލްމަކީ ބަތަލާ ނިއުމާ މުހައްމަދުގެ ނިއުޒޯ ސްޓޫޑިއޯއިން ގެނެސްދޭ ފިލްމެކެވެ. މި ފިލްމު ލިޔެ އަދި ޑައިރެކްޓްކޮށްފައި ވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.
މި ފިލްމުގައި ދައްކުވައިދެނީ އެކަހެރި ގެއެއްގައި ދިރިއުޅޭ ބަޔަކަށް ކުރިމަތިވާ ބިރުވެރި ކަންތައްގަނޑެކެވެ.
ދިވެހި ފިލްމުގައި އަލީ ޝީޒަން އާއި އައިމިނަތު ރިޝްފާ އަދި މުހައްމަދު މަނިކު ފަދަ ތަރިން ފެނިގެންދެ އެވެ. ޓީޒާއަށް ބަލާއިރު ބައެއް އާ މޫނުތައް ވެސް ފިލްމުން ފެނިގެންދެ އެވެ.
މި ފިލްމުގެ ޓީޒާއެއް ދައްކާލި ނަމަވެސް އަދި ފިލްމު އަޅުވާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.