ads
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގަތަރުގެ ހޯމް މިނިސްޓަރާއި ބައްދަލު ކުރުމުގެ ތެރެއިން - ފޮޓޯ: ހޯމް މިނިސްޓްރީ
އިމްރާން ގަތަރުގެ ހޯމް މިނިސްޓަރުގެ އަރިހަށް ޒިޔާރަތް ކުރައްވައިފި
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ގަތަރުގެ ހޯމް މިނިސްޓަރު ޝެއިހް ހަލީފާ ބިން ހައްމާދު ބިން ހަލީފާ އަލްތާނީގެ އަރިހަށް ޒިޔާރާތް ކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ މިނިސްޓަރު އިމްރާން ދޯހާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ގަތަރުގެ ހޯމް މިނިސްޓަރާ ބައްދަލު ކުރެއްވީ ކަމަށެވެ.

އެމަނިކުފާނު ކުރި ޓުވީޓެއްގައި ހާމަކުރައްވާފަވަނީ އެ ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރާނެ ކަމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. 

މިނިސްޓަރު އިމްރާން ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މި މަހުގެ 13 އިން 15 ގެ ނިޔަލަށް ގަތަރުގައި ބޭއްވި " ގްލޯބަލް ހެކިއުރިޓީ ފޯރަމް " ގައި ބައިބެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް