ads
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ތަރާވީސް ގަޑީގައި ބައެއް ކޮލެޖުތަކުގެ ކްލާސްތައް ބާއްވާތީ ޝަކުވާ ލިބޭ: ޑރ. ޝަހީމް
ތަރާވީހު ގަޑީގައި ކޮލެޖުތަކުގެ ކްލާސްތައް ނުބާއްވަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެދިވަޑައިގެން ފިއެވެ.
Advertisement

ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އެފަދަ ގޮތަކަށް ކްލާސްތައް އިންތިޒާމު ކުރާ ކޮލެޖްތަކުން ތަރާވީޙް ނަމާދަށް ހުރަސް ނޭޅޭ ގޮތައް ގެންދިއުން ވަރަށް މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރު ޝަހީމް މިކަމާ ކަންބޮޑުވުން ފާޅުކުރެއްވި އިރު ސަރުކާރުގެ ބައެއް އޮފީސްތައް ވެސް ހިމެނޭ ގޮތަށް ތަރާވީސް ނަމާދު ގަޑިއާ ދިމާވާ ގޮތަށް ތަފާތު ކުޅިވަރު މުބާރާތްތައް ވެސް ކުރިއަށް ގެންދާކަން ފާހަގަކުރެވެ އެވެ.

ގިނަ މިސްކިތްތަކުން ތަރާވީޙް ނަމާދުކޮށް ނިމެނީ 21:00 އަށެވެ. އެންމެ އަވަހަށް ކިޔަވާ މިސްކިތްތަކުގައި ވެސް ތަރާވީޙް ނަމާދުކޮށް ނިމެނީ 20:30 ހާއިރެވެ.

ރޯދަމަހަކީ އަޅުކަމުގެ މައްސަރަކަށްވާއިރު، ރޭ އަޅުކަންތައް އަދާކުރަން ދީނުގައި ބާރުއަޅައެވެ. އެ ކަންކަމަށް ވަގުތު ދޭން ސަރުކާރުން އަންނަނީ ރޯދަމަހުގެ ފަހު 10 ސަރުކާރު ވެސް ބަންދުކުރަމުންނެވެ. މި އަހަރު ވެސް މިއަދުން ފެށިގެން ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;