ads
ހަމްޕު އެވޯޑާއެކު މެދުގައި
އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހަމްޕު ދިފާއުކޮށް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް، ހަމްޒާ މުހައްމަދު- ހަމްޕު ދިފާއުކޮށްފިއެވެ.
Advertisement

މިދިޔަ އަހަރުވެސް އެވޯޑް ހޯދި ހަމްޕު މި ފަހަރު އެވޯޑް ހޯދީ، އިބްރާހީމް އައިސަމްއާ، ހަސަން ރާއިފް އަހްމަދާ ވާދަކޮށެވެ. މިދިޔަ އަހަރު ދޭން ފެށި މި އެވޯޑް، މިދިޔަ އަހަރު ހަމްޕު ހޯދީ އަލީ ފާސިރު (ސެންޓޭ) އާއި މާޒިޔާގެ އަލީ ސަމޫހް (ސަމުއްޓޭ) އާ ވާދަކޮށެވެ.

ކްލަބާއި ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަމްޕު އަކީ މިދިޔަ އަހަރު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.

ސްކޫލް ދައުރު ނިންމާލުމަށް ފަހު ޒުވާން އުމުރުގައި ހަމްޕު އެންމެ ފުރަތަމަ ފެނުނީ ނިއު ރޭޑިއަންޓުގެ ޔޫތު ޓީމުންނެވެ. އޭގެފަހުން ހަމްޕު ވަނީ ނިއު ރޭޑިއަންޓުގެ ސީނިއާ ޓީމުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނިއު ދޫކޮށް ހަމްޕު ބަދަލުވީ މާޒިޔާ އަށެވެ.

ފުރަތަމަ ޑިވިޝަނަށް ހަމްޕު ތައާރަފުވީ ނިއު ރޭޑިއަންޓުގެ ޔޫތު ޓީމާ ގުޅުނު ހިސާބުން 2014 ވަނަ އަހަރު އެވެ.

ނިއު ރޭޑިއަންޓުގައި 2018 ވަނަ އަހަރާ ހަމައަށް މަޑުކުރުމަށް ފަހު ހަމްޕު މާޒިޔާ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. ނިއު ރޭޑިއަންޓުގައި ހަމްޕު ވަނީ 2014، 2015 އަދި 2017 ވަނަ އަހަރު ދިވެހި ލީގު ކާމިޔާބުކޮށްފަ އެވެ.

 
މާޒިޔާ އަށް ބަދަލުވެ އެޓީމުން ހޯދި ކާމިޔާބީތަކުގައި ވެސް ހަމްޕުގެ ދައުރު ބޮޑެވެ. ގައުމީ ޓީމުން 2018 ވަނަ އަހަރުގެ ސާފް މުބާރާތް ކާމިޔާބު ކުރިއިރު ހަމްޕު މޮޅު ކުޅުމެއް ދެއްކި އެވެ. އެ މުބާރާތުގެ ފައިނަލުގައި 2-1 އިން އިންޑިއާ ބަލިކޮށް ރާއްޖެ ޗެމްޕިއަންކަން ހޯދި މެޗުގެ ދެ ވަނަ ގޯލު ޖެހުމަށް ސެންޓޭ އަށް އެސިސްޓް ވީ ހަމްޕު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް