ads
އެންމެ މޮޅު އެތްލީޓުންނާއެކު ރައީސް
އެންމެ މޮޅު އެތްލީޓަކަށް ދީމާ އަދި އަޒްނީން
މިދިޔަ އަހަރުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ އާއި ބޮޑީބިލްޑަރު، އަޒްނީން ރަޝާދު ހޯދައިފި އެވެ.

ރާއްޖޭގެ އެތްލީޓުންނަށާއި ކުޅިވަރުގެ ދާއިރާގެ މެންބަރުންނަށް ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ގާލާ ނައިޓްގައި އެންމެ ޝަރަފުވެރި އެވޯޑްތައް ހާސިލް ކުރި އެތްލީޓުންނަށް އެވޯޑް ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުއެވެ.

އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ޒުވާން ޓޭބަލް ޓެނިސް ތަރި ދީމާ ހޯދީ، ޓީޓީ ކުޅުންތެރިޔާ، އައިޝަތު ރަފާ ނާޒިމް އާއި ޓެނިސް ކުޅުންތެރިޔާ، އާރާ އާސަލް ނާޒިމްއާ ވާދަކޮށެވެ. 

އެންމެ މޮޅު އަންހެން އެތްލީޓުގެ އިތުރުން އެންމެ އުންމީދީ އަންހެން އެތުލީޓްގެ މަގާމްވެސް ހޯދީ ދީމާއެވެ. މި މަގާމަށް ދީމާ ހޮވުނީ ޒުވާން ދެ ފެތުންތެރިން ކަމަށްވާ އާރާ އަދި މެރާލް އައިން ލަތީފްއާ ވާދަކޮށެވެ.

އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމަށް އަޒްނީންއާ ވާދަކުރީ ބޮޑީބިލްޑަރު މުހައްމަދު މޫސާ އާއި ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑައައްޔަ) އެވެ. އެންމެ އުންމީދީ ޒުވާން ފިރިހެން އެތުލީޓަކަށް ހޮވުނީ ބޮޑީބޯޑަރު، އާމިން އުމަރު މޫސާ އެވެ. އޭނާއާ ވާދަކުރީ ފެތުންތެރިޔާ މުހައްމަދު އާން ހުސެއިން އާއި ޓީޓީ ކުޅުންތެރިޔާ، މުހައްމަދު ތާބިން ސުޖާއު އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް