ads
ލަޑިމިއާ ޕުޓިން
ރަޝިއާގެ ރައީސް ޕުޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފި
ހަނގުރާމައިގެ ޖަރީމާތައް ހިންގެވިކަމަށް ބުނާ މައްސަލާގައި، ރަޝިއާގެ ރައީސް ވްލަޑިމިއަ ޕްޓިން ހައްޔަރުކުރުމުގެ އަމުރެއް ބައިނަލް އަގްވާމީ ކްރިމިނަލް ކޯޓް، (އައިސީސީ) އިން ނެރެފިއެވެ.

އައިސީސީން ޕުޓިން ހައްޔަރު ކުރުމަށް އަމުރެއް ރޭ ނެރުނީ މިދިޔަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ޔުކްރެއިންއާ ދެކޮޅަށް ރަޝިއާއިން ފެށި ހަނގުރާމާގައި، ހަނގުރާމައިގެ ޖަރީމާތައް ހިންގަވަމުން ދާކަމަށް ބުނެއެވެ.

އެގޮތުން ހަނގުރާމައިގެ އަސީރުންނަށް ކުޑަކުދިން ހަދަމުން ގެންދާކަމަށާއި ޔުކްރެއިނުގެ އެތައްހާސް ކުޑަކުދިންނެއް ގަދަކަމުން ރަޝިއާއަށް ގެންގޮސްފައިވާކަމަށް ކޯޓުން ބުނެއެވެ.

އަނެއްކޮޅު އައިސީސީގެ މިއަމުރު ހިނގާނީ އެ ކޯޓްގެ މެމްބަރު ގައުމުތަކުގެ މައްޗަށެވެ. ރަޝިއާއަކީ އައިސީސީގެ މެމްބަރު ގައުމެއް ނޫނެވެ. އެހެންކަމުން ރަޝިއާގައި ނުވަތަ އައިސީސީގެ މެމްބަރު ނޫން ގައުމެއްގައި ހުންނަވަނިކޮށް ޕުޓިން ހައްޔަރު ކުރުމަކީ ނާދިރު ކަމެކެވެ.

ޗޯޓްގެ ތުހުމަތުތައް ރަޝިއާއިން ދޮގުކޮށްފައިވާއިރު، ޕުޓިން ހައްޔަރުކުރުމަށް ނެރުނު އަމުރު ބަލައިވެސް ނުގަންނަކަމަށް ރަޝިއާއިން ބުނެއެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް