އިއްޔެ ސޯޝަލް މީޑިއާގައި ވައިރަލްވި މި ވީޑިއޯއަކީ މީގެކުރިން 2022 ވަނަ އަހަރުވެސް ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއެކެވެ.
ވީޑިއޯއިން ފެންނަނީ އެމެރިކަގެ ހަވާއީގައި އަންހެން ޑައިވަރަކު މޫދަށް ފައިބަން ތައްޔާރުވެ މޫދަށް ފައިބަނިކޮށް ކުއްލިއަކަށް މިޔަރެއް ހަމަލާދޭން މަސައްކަތްކުރާ ތަކެވެ.
އަނގަ ހުޅުވައިގެން އޮތް މިޔަރެއް ކުއްލިއަކަށް ފުންމައި ގަތުމުން ޑައިވަރުވެސް ވަނީ ހުށިއާރުކަމާއެކު ފަހަތައް ޖެހި މިޔަރުގެ ހަމަލާއިން ސަލާމަތްވެފައެވެ.
ވީޑިއޯ އަނެއްކާވެސް ވައިރަލް ވެފައިވާއިރު މިލިއަނަކަށް ވުރެ ގިނަ މީހުން މިހާރުވަނީ ވީޑިއޯ ބަލާފައެވެ.