
ފަލަކަމަށް ބުނެ އެތައްބަޔަކު ސޯޝަލް މީޑިއިއާގައި ޓްރޯލްކުރަމުން ދަނިކޮށް ލޯރާ މި ހަފްތާގައި ރާއްޖެއައިސްފައިވަނީ އޭނާ ބަލިވެ އިންކަން އިއުލާނުކުރުމުގެ ގޮތުން 'ބޭބީ މޫން' އަކަށެވެ.
ލޯރާ އިއުލާނު ކޮށްފައިވާ ގޮތުން އޭނާ މިހާރު ބަލިވެ އިނދެފައިވަނީ ފިލްމީތަރި ގޭރީ ލޫސީ،44 އަށް ކަމަށެވެ. ބަނޑަށް ހަތަރު މަސްވެފައިވީ ނަމަވެސް، ލޯރާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ލޫސީ އާއި ރުޅިވެފައެވެ.
އޭނާއަށް ފާޑުކިޔާ މީހުންނަށް އޭނާ ބުނެފައިވަނީ އޭނަގެ ދިރިއުޅުން ކުރިއަށް ގެންދާގޮތާމެދު ހިތްހަމަ ނުޖެހޭ މީހުން "ޑޮކްޓަރަށް ދެއްކުން" ރަނަގަޅުކަމަށެވެ.
ފާޑުކިޔާ މީހުން ބުނަމުން ގެންދަނީ ލޯރާ މި ފަހަކަށް އައިސް ފަލަވަމުން އަންނަނީ އެނާ ގޭރީ ލޫސީ އާއި ރުޅިވިފަހުން 'ސްޓްރެސް' ބޮޑުވެެގެން ކަމަށެވެ. ނަމަވެސް ލޫސީ ބުނެފައިވަނީ އޭނާ ފަލަވަނީ ހިތާމަކުރާތީ ނޫންކަމަށެވެ. ނަމަވެސް ބަލިވެއިން ދުވަސްވަރާއި ލޯބިވެރިއާއާއި ރުޅިވާން ޖެހުމުން މާޔޫސްވެސްވި ކަމަށެވެ.
ލޯރާ ރާއްޖޭގައި ޗުއްޓީ ހޭދަކުމުން ގެންދަނީ ރެއަކަށް 1،200 ޔޫރޯ (19,913 ދިވެހި ރުފިޔާ) ގެ ރޭޓުންނެވެ. ނަމަވެސް އޭނާ ހުރީ ކޮން ރިސޯޓެއްގައިކަމެއް ހާމައެއް ނުކުރެއެވެ.