ads
ބޮލުގައި ދަޅުހުރި މީހާގެ އޮޕަރޭޝަން ކުރި ޑޮކްޓަރު
ބޮލުގައި ދެ ދަޅު ފެޅި ޔަމަނު މީހާ މަރުވެއްޖެ
ބޮލުގައި ދެ ދަޅު ފެޅުމުގެ ސަބަބުން، މީހުންގެ ސަމާލުކަން ލިބުނު ޔަމަނުގެ އުމުރުން 140 އަހަރުގެ ފިރިހެން މީހާ މަރުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ދަ ސަން، ދަ މިރާ އަދި އެކްސްޕްރެސްގައި ރިޕޯޓްކްފައިވާގޮތުން އެމީހާ މަރުވީ ބޮލުގައި ފަޅާފައިވާ ދެ ދަޅު ނައްޓާލުމަށް ކުރި އޮޕަރޭޝަނަށް ފަހުގައެވެ.

އަދި އެމީހާ މަރުވީ އޮޕަރޭޝަން ކުރިތާ އެއްދުވަސް ފަހުންކަމަށް އެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. އެމީހާގެ އުމުރަކީ 140 އަހަރު ކަމަށްވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

އަލީ އަންތަރު ނަމަކަށް ކިޔާ އެ މީހާގެ ބޮލުގެ ދެފަރާތުން ދެ ދަޅުގޮތަށް ނިކުންނަން ފެށީ އުމުރުން 100 އަހަރު ފުރުނުފަހުން ކަމަށް އާއިލާއާ ހަވާލާދީ އެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. އަދި އުމުރުން 140 އަހަރު ވީއިރު ދެ ދަޅުވަރަށް ބޮޑަށް ނިކުމެ ދެފަރާތުން ވަރަށް ބޮޑަށް ވެއްޓިފައި ވެއެވެ.

އަލީގެ ބުއްދިވެސް ވަރަށް ފަހަކާ ޖެހެންދެން ރަނގަޅުކަމަށާއި އޭނާގެ ހަނދާން ބަލިވާން ފެށީވެސް 2017 ގެ ފަހުންކަމަށް އާއިލާއާ ހަވާލާދީ ރިޕޯޓްކޮށްފައި ވެއެވެ. އަލީ މަރުވިއިރު އޭނާގެ 70 އަށް ވުރެ ގިނަ ކާފަދަރިންވެސް ތިބިކަމަށް ރިރޯޓްތައް ބުނެއެވެ.

11%
ކަމުގޮސްފި
68%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް