ސައުދީ ލީގުގައި އަބްހާއާ ރޮނާލްޑޯގެ އަލް ނަސްރު ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ކުރިން ލަނޑު ޖަހައި ކުރި ހޯދީ އަބްހާއިންނެވެ.
އަބްހާ ކުރީގައި އޮއްވާ ނަސްރުން އެއްވަރު ކުރި ލަނޑު ޖެހީ އޭރިޔާ ބޭރުން ލިބުނު ފްރީކިކަކުން ރޮނާލްޑޯއެވެ. 35 ޔާޑު ބޭރުން ލިބުނު މި ހިލޭ ޖެހުން ފޮނުވާލިލެއް ބާރުކަމުން ވޯލްގައި ތިބި ކުޅުންތެރިންގެ ތެރެއިން ގޮސް ގޯލަށް ވަތް އިރު އެ ބޯޅަ މަތަ ކުރުމަށް ކީޕަރަށްވެސް ކަމެއް ނުކުރެވުނެވެ.
މިއީ ސައުދީ ލީގުގައި ރޮނާލްޑޯ ފްރީކިކަކުން ޖެހި ފުރަތަމަ ލަނޑެވެ.
މެޗުގެ ފަހު ކޮޅު ރޮނާލްޑޯ ޖެހި ފްރީކިކަކާއެކު އެކެއް އެކަކުން އެއްވަރުވެފައިވަނިކޮށް އަލް ނަސްރަށް ލިބުނު ޕެނަލްޓީއަކުން ދެވަނަ ލަނޑު ޖަހައި އަލްނަސްރު މޮޅުވީއެވެ.
މި މެޗުން ހޯދި މުހިއްމު ތިން ޕޮއިންޓާއެކު އަދިވެސް އަލްނަސްރު އޮތީ ޓޭބަލްގެ ދެވަނަ މަގާމުގައެވެ. އެއްވަނައިގަ އޮތީ ވާދަވެރި އަލް އިއްތިހާދެވެ. އިއްތިހާދަށް 21 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު ރޮނާލްޑޯގެ އަލް ނަސްރަށް 21 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ.