
ހާލަންޑު
ހާލަންޑުގެ ހެޓްރިކާއެކު ސިޓީ ސެމީއަށް
ސްޕޯޓްސް ޓީމް
19 މާރޗް 2023 - 08:20:50
އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި އާލިން ބްރައުޓް ހާލަންޑްގެ ހެޓްރިކާ އެކު، ބޮޑު ތަފާތަކުން ބާންލީ ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުން މެންޗެސްޓަރ ސިޓީ ފުރުސަތު ހޯދައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ސިޓީއާ ބާންލީގެ މެޗުން ސިޓީ މޮޅުވީ 6-0 އިންނެވެ. މި މެޗުގައި ހާލަންޑް ޖެހި ލަނޑުތަކާއެކު އެކު އޭނާ މި ސީޒަނުގައި ސިޓީއަށް ޖެހި ލަނޑުގެ އަދަދު 42 އަށް އަރާފައެވެ. އެއީ ސީޒަންގައި މިހާތަނަށް ކުޅުނު 37 މެޗުންނެވެ.
އެފްއޭ ކަޕުގެ ސެމީން ސިޓީ ފުރުސަތު ހޯދިއިރު، ސެމީގެ ބާކީ ތިން ޓީމު އެނގޭނީ ކުއާޓާގެ ބާކީ މެޗުތަކަށް ފަހުއެވެ.
އެފްއޭ ކަޕް ކުއާޓާ ފައިނަލްގެ ބާކީ މެޗުތައް ކުޅޭނީ މިއަދުއެވެ. މިއަދުގެ މެޗުތަކަކީ މެންޗެސްޓާ ޔުނައިޓެޑާ ފުލަމްގެ މެޗާ، ހަތަރު ވަނަ ޑިވިޝަންގެ ގްރިމްސްބީއާ ބްރައިޓަންއާ ކުޅޭ މެޗުގެ އިތުރުން ޝެފީލްޑް ޔުނައިޓެޑާ ބްލެކްބާންގެ މެޗެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް