
އެ މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން:
- މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 440،059 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި
- ނިމިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 355،433 ފަތުރުވެރިން
- މިދިޔަ އަހަރާ އަޅާބަލާއިރު މިއީ 23.8 އިންސައްތައިގެ ކުރިއެރުމެއް
ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ ފުރަތަމަ 15 ދުވަހު ރާއްޖެއަށް 89،646 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 74،657 ފަތުރުވެރިންނެވެ.
އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:
- ރަޝިއާ - 54،527 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 12.4 އިންސައްތަ)
- އިންޑިއާ - 47،462 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 10.8 އިންސައްތަ)
- އިނގިރޭސިވިލާތް - 41،126 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 9.3 އިންސައްތަ)
- އިޓަލީ - 39،919 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 9.1 އިންސައްތަ)
- ޖަރުމަނުވިލާތް - 30،028 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 6.8 އިންސައްތަ)
މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ފްރާންސް، އެމެރިކާ، ޗައިނާ، ސްވިޒަލޭންޑް އަދި ޕޮލޭންޑުންނެވެެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 5،947 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖްކޮށް 8 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،228 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 169 ރިސޯޓާއި 13 ހޮޓަލާއި 893 ގެސްޓްހައުސްގެ 153 ސަފާރީ ހިމެނެއެވެ. މި ތަންތަނުން ޖުމްލަ 60،362 އެނދު އޮޕަރޭޓްކުރެއެވެ.