ads
ރަންބީރު އަދި އާލިއާ
އަނބިމީހާ ޒުވާބުކުރުން ހުއްޓާނެ މޮޅު ގޮތެއް ރަންބީރު ކިޔައިދީފި
އަނބިމީހާއާއި ޒުވާބުނުކޮށް ފަރުޖެހޭނެ މޮޅުގޮތެއް ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރު،40 ހޮނިހިރު ދުވަހު ކިޔައިދީފިއެވެ.
Advertisement

ރަންބީރު ގެންދަނީ އެނާގެ އެންމެ ފަހުގެ ފިލްމު 'ތޫ ޖޫޓީ މޭ މައްކާރު' ކިޔާ ފިލްމު ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ފިލްމު ސިނަމާތަކަށް ނުކުތްތާ ހަފްތާއެއްހާ ދުވަސް ވެފައިވާއިރު، ބޮކްސް އޮފީހުގައި ފިލްމުން މާބޮޑު ކާމިޔާބެއް އަދި ނުހޯދެއެވެ. ނަމަވެސް ފިލްމު ޕްރޮމޯޓުކުރުމަށް ރަންބީރު ދައްކާ ވާހަކަތައް އަންނަނީ ހަބަރުތަކުގެ ފަލަސުރުހީން ޖާގަ ހޯދަމުންނެވެ. 

ރަންބީރުގެ ދައްތަ ކަރީނާ ކަޕޫރު،42 'ވަޓް ވިމެން ވޯންޓް' ނަމުގައި ގެނެސްދިން ޓީވީ ޝޯއެއްގައި ވަނީ ރަންބީރު ކަޕޫރާއި މުހިންމު ސުވާލެއްކޮށްފައެވެ. އެސުވާލަކީ ރަންބީރުގެ އަނބިމީހާ އަދި މަޝްހޫރު ފިކްމީތަރި އާލިއާ ބަޓް ޒުވާބު ކުރާނަމަ ހަދަނީ ކިހިނެއްތޯ؟ އެވެ. 

މި ސުވާލަށް ރަންބީރު ކަޕޫރު ދިން ޖަވާބުން ކަރީނާ ވެސް ވަނީ ހައިރާންވެފައެވެ. 

"އާލިއާ ޒުވާބުކުރަން ފަށައިފިނަމަ އަހަރެން ހަދާގޮތަކީ އެތަނުން ދުރަށްޖެހިލަނީ. ބައެއް ފަހަރު ރޭގަނޑުވެސް ޒުވާބުކުރަން ފަށާފާނެ ނިދަން އަންނަތަނުންވެސް. އެހެންވެއްޖިއްޔާ އަހަރެން ނިދަނީ އެއްވެސް އެއްޗެއް ނުކިޔާ. ދެން ހެނދުނު ހޭލާފަ އެވާހަކަ ދެއްކިއަސް ދައްކަނީ،" ރަންބީރު ބުންޏެވެ

ރަންބީރު ބުނީ ދެމަފިރިއަކު ރުޅިއައިސްގެން ޒުވާބުކުރާއިރު ދެމީހުންވެސް އެކަކު އަނެކަކާއި ދިމާލަށް ބުނަން ބޭނުންނުވާ އެތައްއެއްޗެއް ބުނެވޭނެކަމަށެވެ. އެހެންކަމުން އަންބިމިހާއާ ޒުވާބުކުރުމުގެ ބަދަލުގައި ސުލްހަވެރިކަން އިސްކުރުން އަބަދުވެސް ބުއްދިވެރިކަމަށް ވެސް ރަންބީރު ވަނީ ބުނެފައެވެ. 

ދާދިފަހުން އާލިއާ ބަޓްއާއި ގުޅޭގޮތުން ރަންބީރު ކަޕޫރު ދެއްކި ވާހަކައަކާއި ގުޅިގެން އާލިއާ ބަޓްގެ ފޭނުން ވަނީ ވަރަށް ބޮޑަށް ރަންބީރަށް ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ރަންބީރު ބުނެފައިވަނީ އާލިއާ ބަޓް އަކީ ފާހާނަ ތެރެ ވަރަށް މުޑުދާރުކުރާ މީހެއް ކަމަށެވެ. މި މޭރުމުން ރަންބީރު ވާހަކަ ދެެއްކުމުން އާލިއާ ބަޓްގެ ފޭނުން ބުނެފައިވަނީ އާލިއާގެ އެނެމް ބޮޑު ދުޝްމަނަކީ ރަންބީރު ކަމަށެވެ.  

56%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް