މި ހިދުމަތް ފަށްޓަވައިދެއްވީ ރައީސް ޑރ. މުއިއްޒު މިހާރު އަރިއަތޮޅު އުތުުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ރަސްދޫއަށް ވަޑައިގެންނެވެ.
އއ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ގެ ހިދުމަތްފެށުމަކީ، ރަސްދޫއާއި ރައްޔިތުންނަށާއި، އއ.އަތޮޅުގައި ޑަޔަލިސިސްގެ ހިދުމަތް ހޯދާ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބޭނެކަމެއްކަމަށް ސަރުކާރުން ގަބޫލުކުރައްވަ އެވެ.
ޑަޔަލިސިސްގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތައާރަފް ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.