ads
ނާޓޫނާޓޫ ލަވައިގެ މަންޒަރެއް އަދި ކަރީނާ ކަޕޫރު ދަރިފުޅާއެކު
"ނާޓޫ ނާޓޫ" ލަވަ އަށް ދަރިފުޅު ހުރި ޝައުގު ފެނި ކަރީނާ އާޝޯހުވެއްޖެ
ތަމަޅަ ފިލްމު "އާރްއާރްއާރް" ގެ ލަވަ "ނާޓޫ ނާޓޫ" ލަވައަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކަރީނާ ކަޕޫރުގެ ދަރިފުޅު ޖާހު އަލީ ހާން، ހުރި ޝައުގުވެރިކަން ފެނި އަޖައިބުވާކަމަށް ކަރީނާ ބުނެފިއެވެ.
Advertisement

ކަރީނާ ބުނީ އޭނާގެ ދެ އަހަރު ދަރިފުޅަށް ކަމުދަނީ "ނާޓޫ ނާޓޫ" ލަވައިގެ ތަމަޅަ ވާޝަންކަމަށެވެ. އަދި އޭނާގެ ދަރިފުޅު އެ ލަވައާމެދު ހުރި ޝައުވެރިކަން ފެނި އޭނާ އާޝޯހުވާކަމަށް ވެސް ކަރީނާ ވަނީ ބުނެފައެވެ. 

"ލަވަ ނުޖަހަނީސް ކާން ވެސް ނުފަށާ. މުއީ ހަމަ އަޖައިބެއްކަހަލަ ލަވައެއް،" ކަރީނާ އޭނަގެ ދަރިފުޅުގެ ޝައުވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ބުންޏެވެ. 

ކަރީނާ މިހާރު ގެންދަނީ އޭނާގެ ދެ ދަރިންނާއި ފިރިމީހާ ސައިފް އަލީ ހާން އާއިއެކު ދެކުނު އެފްރިކާގައި ޗުއްޓީ ހޭދަކުރަމުންނެވެ. އަދި އޭނާގެ ދަރިފުޅު މި ލަވައަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަކަން ހާމަކުރީ އެ ދަތުރުގެ ތެރެއިން އެފްރިކާ ނޫހަކުން ކުރި އިންޓިވިއުއެއްގެ ތެރެއިންނެވެ. 

ކަރީނާ ބުނީ އޭނާގެ ދަރިފުޅަށް އެ ލަވަކަމުދިއުމުގެ އިތުރުން، އޮސްކާއިން 'ބެސްޓް އޮރިޖިނަލް ސޯންގް އެވޯޑް' އެ ލަވައަށް ލިބުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. 

ކަރީނާ މިހާރު ވަނީ އޭނާ ކުރިން ގެނެސްދެމުން ދިޔަ ޓީވީޝޯ 'ވަޓް ވިމެން ވޯންޓް' ކިޔާ ޝޯ އަލުން ގެނެސްދޭން ފަށާފައެވެ. ކަރީނާގެ އަލުން ޝޯ ހުށަހަޅަން ފަށާފައިވާއިރު އެނާގެ ޝޯއަށް އެންމެ ފުރަތަމަ ގެނައީ އޭނާގެ ދެބޭންގެ ދެދަރި ކޮއްކޮ ރަންބީރު ކަޕޫރެެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް