ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި،
ތަފާސް ހިސާބުތަކުން ދައްކާގޮތުން ޕީއެސްއައިޕީން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ބަނދަރު ހެދުމަށާއި މަގު ހެދުމުގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއުުތަކަށެވެ.
މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ:
މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓް ބެހިފައިވާ މައިގަނޑު ދާއިރާތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ދަތުރުފަތުރާ ގުޅުންހުރި ކަން ކަމަށެވެ. އެ ކަަންކަމަށް ޖުމްލަ 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެކި ރަށްރަށުގެ އެއާޕޯޓުތައް ތަރައްގީ ކުރުމަށް 921.9 މިލިއަން ރުފިޔާ، ބްރިޖް މަޝްރޫއަށް 819.4 މިލިއަން ރުފިޔާ އަދި އެކި ރަށްރަށުގެ ބަނދަރު ހެދުމާއި ތަރައްގީ ކުރުމަށް 395 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.