ads
އާޒިމް އަދި މަހްލޫފު
އެއްވެސް ކުޅިވަރެއް ތަފާތު ނުކުރުމަކީ ތަނެއްދޮރެއް ނުދަތުން: އާޒިމް
އެއްވެސް ކުޅިވަރެއް ތަފާތު ނުކުރުމަކީ ތަނެއްދޮރެއް ނުދަތުން ކަމަށް ވިދާޅުވެ، އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފަށް ރައްދު ދެއްވައިފިއެވެ.

އާޒިމް ސޯޝަލް މީޑިއާގައި މަހްލޫފަށް މި ރައްދު ދެއްވީ، އެއްވެސް ކުޅިވަރެއް ތަފާތު ނުކުރާ ކަމަށް އެކި މުނާސަބާތަކުގައި މިނިސްޓަރު މަހްލޫފު ވިދާޅުވަމުން ގެންދަވަނިކޮށެވެ. މި ވާހަކަ މަހްލޫފު އެންމެ ފަހުން ވިދާޅުވީ ހަފްތާ ބަންދުގައި ނިމުނު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައެވެ.

އާޒިމް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އެންމެގިނަމީހުން ކުޅޭ، އެންމެގިނަ ބަޔަކު ތަރުހީބުދޭ އަދި ރާއްޖޭގައި ކުރިއަށްދެވިދާނޭ ކުޅިވަރު ތައް ދެނެގަނެ އެމަގުން  ކުރިއަށްދާންއެގެންވާނެ ކަމަށެވެ.

އެއްވެސް ކުޅިވަރެއް ތަފާތު ނުކުރުމަކީ ތަނެއްދޮރެއް ނުދަތުން. ޕްލޭނެއްނެތުން. ވިސްނުމެއްނެތުން ސިޔާސަތެއް ނެތުން. ކަންކަންކުރަން ނޭގުން. އެންމެގިނަމީހުން ކުޅޭ، އެންމެގިނަ ބަޔަކު ތަރުހީބުދޭ، ރާއްޖޭގައި ކުރިއަށްދެވިދާނޭ ކުޅިވަރު ތައް ދެނެގަނެ އެމަގުން ކުރިއަށްދާންއެގެންވާނެ.

ސްޕޯޓްސް އެވޯޑްސްގައި މަހްލޫފު ވިދާޅުވީ ހުރިހާ ކުޅިވަރެއްވެސް ޝާމިލުވާ ގޮތަށް، އެއްވެސް ކުޅިވަރެއް ބާކީނުކޮށް ހުރިހާ ކުޅިވަރަކަށް އެއް ހަމައިން މަސައްކަތްކޮށްދީފައިވާނެ ކަމަށެވެ.

"އަޅުގަނޑު މޭގައި އަތް ޖަހާލައިފައި ބުނެލަން ކެރޭ، މި ރާއްޖޭގައި ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް އެއްވެސް ކުޅިވަރަކުން ތަފާތު ނުކޮށް ގެނެސްދީފައި ވާނެކަން،" މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވި އެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް