ads
އެމްއޭސީއެލްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް އެ ކުންފުނިން ވަނީ ނިންމާފައި - ފޮޓޯ:ރައީސް އޮފީސް
ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި އެމްއޭސީއެލްގެ މުވައްޒަފުންނަށް 5،000 ރުފިޔާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ މި އަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000 ރުފިޔާ މިއަދު ޖަމާކޮށްދޭނެ ކަމަށެވެ.

އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ގޮތުން މުވައްޒަފުންގެ ފަރާތުން ރޯދަ މަހުގައި އެ ކުންފުނީގެ މަސައްކަތަށް ބޭނުންވާ އަހައްމިއްޔަތު ފާހަގަކޮށް، މި މަހާ ގުޅުވައިގެން ހަދިޔާގެ ގޮތުގައި 2،000 ރުފިޔާ ދިިނުމަށް ނިންމާފައިވާ ކަމަށާއި ރޯދަ އިނާޔަތާ އެކު މި ފައިސާވެސް ޖަމާކޮށްދޭނެ ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.

ވަޒީފާ އާ ބެހޭ ގާނޫނުން ރާއްޖޭގައި މަސައްކަތް ކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން އިނާޔަތުގެ ގޮތުގައި މަދުވެގެން 3،000 ރުފިޔާ ދިނުން ލާޒިމް ކުރެއެވެ.    

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ސަރުކާރުގެ މުވައްޒަފުންނަށް މިއަދު ރޯދަ އިނާޔަތް ޖަމާކޮށްދޭނެ ކަމަށެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް