ads
ފިޔޯރީގެ ދަނޑުވެރިން ހައްދާފައިވާ ހަނީ މެލަން: މި މަހުގެ 15 ވަނަ ދުވަހު، 670 ކިލޯ މެލަން ކަނޑާފައިވޭ - ފޮޓޯ:އެގްރޯނެޓް
ފިޔޯރީ ދަނޑުވެރިން 3217 ކިލޯ ކަރާ، މެލަން އަދި ބަޓަނަޓް ބާޒާރަށް ނެރެނީ
ގދ. ފީޔޯރީގެ ދަނޑުވެރިން ކަރާ، ހަނީ މެލަން އަދި ބަޓަނަޓް ބާޒާރަށް ނެރުމަށް ތައްޔާރުކޮށްފައިވާ ކަމަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން ބުނެފިއެވެ.

ރޯދަމަހަކީ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ބޭނުންވާ މިންވަރު އިތުރުވާ މަހެކެވެ. ހާއްސަކޮށް ކަރައަކީ ރޯދަމަހު ގިނަ އަދަދަކަށް ބޭނުން ކުރާ މޭވާއެކެވެ. މި އަހަރުގެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެގްރޯނެޓުގެ ދަނޑުވެރިން ތަފާތު ބާވަތްތައް ހައްދާ، ކަނޑަން ތައްޔާރު ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެގްރޯނެޓުން ބުނެފައިވަނީ ފިޔޯރީ ފަދަ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ބައެއް ރަށްރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ކަރާ، ހަނީ މެލަންގެ އިތުރުން ބަޓަނަޓް ބާޒާރަށް ނެރުމަށް ތައްޔާރުކޮށްފައިވާ ކަމަށެވެ. މި ބާވަތްތަކަކީ ދިވެހި ދަނޑުވެރިންގެ ހީވާގި މަސައްކަތުން ހައްދާފައިވާ ބާވަތްތަކެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެގްރޯނެޓުން ބުނި ގޮތުގައި މި މަހުގެ 15 ވަނަ ދުވަހު، ފިޔޯރީގެ ދަނޑުތަކުން ޖުމްލަ 3،217 ކިލޯގެ ކަރާ، މެލަން އަދި ބަޓަނަޓް ކަނޑާފައިވާ ކަމުގައެވެ. އެއީ 2،357 ކިލޯ ކަރާ، 670 ކިލޯ މެލަން އަދި 190 ކިލޯ ބަޓަނަޓް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެގްރޯނެޓުން ބުނީ ނިމިދިޔަ އަހަރު އެ ރަށުގެ ދަނޑުވެރިން ގާތްގަނޑަކަށް 26 ޓަނުގެ ކަރާ، ބަޓަނަޓް އަދި ހަނީމެލަން ބާޒާރަށް ނެރެފައިވާ ކަމަށެވެ.

ހަށިގަނޑަށް އެންމެ ފައިދާ ހުރިގޮތަށް، ދަނޑުވެރިކަމާ ބެހޭ ފަންނީ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުގެ މަތިން ބޭހާއި ގަސްކާނާ ހުންނަން ޖެހޭ މިންގަނޑުތައް ބޭނުންކޮށްގެން ހައްދާފައިވާ އެގްރޯނެޓުގެ ބާވަތްތައް ރޯދަ މަހުގެ ކުރިން ބާޒާރަށް ނެރުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް