ads
ޒްލަޓާން އިބްރޮހިމަވިޗް
އިޓަލީ ލީގުގައި ލަނޑު ޖެހުމުގެ އާ ރެކޯޑެއް ޒްލަޓާންއަށް
އިޓަލީ ލީގުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިއަކަށް ސްވިޑްންގެ ޒްލަޓާން އިބްރޮހޮމަވިޗް ވެއްޖެއެވެ.

އިޓަލީ ލީގުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިއަކަށް ސްވިޑްންގެ ޒްލަޓާން އިބްރޮހޮމަވިޗްވީ، ރޭ އުދިނޭޒީ އަތުން 3-1 އިން އޭސީ މިލާން ބަލިވި މެޗުގައި ޖެހި ލަނޑާއެކުއެވެ.

އިޓަލީގެ ލީގުގައި ލަނޑެއް ޖެހި އެންމެ އުމުރުންދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް އިބްރަހިމޮވިޗް މި ހެދީ އުމުރުން 41 އަހަރުގަ އެވެ. ކުރިން މި ރެކޯޑް އޮތީ 2007 ގައި އުދިނޭޒީ ކޮޅަށް ލަނޑު ޖެހި މިލާނުގެ އޭރުގެ ޑިފެންޑަރު ބިލީ ކޮސްކަކޫޓާ އަތުގަ އެވެ.

އަނިޔާއިން ރަނގަޅުވެ އެނބުރި އައިސް ހުރި ޒްލަޓާން އިޓަލީގެ ޓޮޕް ޑިވިޝަނުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށް ވީއިރު، ސްވިޑްންގެ ގައުމީ ޓީމަށް، އޭނާ އަލުންވަނީ ނަގާފައެވެ. ތަޖުރިބާކާރު ފޯވާޑް އިބްރޮހޮމަވިޗް އަލުން ގައުމީ ޓީމަށް ނެގީ، ޔޫރަޕިއަން ޗެމްޕިއަންޝިޕް ކޮލިފައިންގައި މި މަހުގެ ފަހުކޮޅު ކުޅެންޖެހޭ މެޗަށް އެކުލަވާލި ސްކޮޑަށެވެ. ޔޫރޯ ކޮލިފައިންގައި ސްވިޑްން މިމަހުގެ ފަހު ކޮޅު ކުޅުމަށް ހަމަޖެހިފައިވަނީ ބެލްޖިއަމް އާއި އަޒަރްބައިޖާނާއި ދެކޮޅަށެވެ.

އިބްރޮހޮމަވިޗް މިފަހަރުގެ ސްކޮޑްގައި ހިމަނައިފާ މިވަނީ ގައުމީ  ޓީމަށް އެންމެފަހުން މެޗެއް ކުޅުނުތާ އަހަރެއް ފަހުންނެވެ. ސީޒަންގެ ބޮޑުބައިގާ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި އިބްރަހިމޮވިޗް އެނބުރި ކުޅުމުގެ ތެރެއަށް އައިސްފައިވަނީ ވަރަށް ފަހުންނެވެ.

އަލުން ގައުމީ ޓީމަށް އިބްރަހިމޮވިޗް ނެގިއިރު، 2016 ވަނަ އަހަރު އޭނާވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައެވެ. ނަމަވެސް 2021 ވަނަ އަހަރު އަނެއްކާވަނީ ގައުމީ ޓީމަށް އަލުން ކުޅެން ފަށާފައެވެ.

އިބްރަހިމޮވިޗް އެންމެފަހުން ސްވިޑްން ޓީމަށް ކުޅެފައިވަނީ ވާރލްޑް ކަޕް ކޮލިފައިންގ ޕްލޭ އޮފްގައި ޕޯލަންޑާއި ދެކޮޅަށް މިދިޔަ އަހަރު ކުޅުނު މެޗްގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް