ads
ކުރެންދޫގައި ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އެސްޖޭ އާ ހަވާލުކުރުމަށް ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ހައުސިން މިނިސްޓްރީ
95 މިލިއަން ރުފިޔާއަށް ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅަން އެސްޖޭއަށް
ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް (އެސްޖޭ) އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެސްޖޭ އާ ހަވާލުކުރުމަށް ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެސްޖޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދް އިބްރާހިމެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ.

  • މަޝްރޫއު ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން
  • މި މަޝްރޫއަށް ހަރަދު ކުރަނީ ޕީއެސްއައިޕީ ބަޖެޓުން
  • މަސައްކަތުގެ އަގަކީ 95.9 މިލިއަން ރުފިޔާ
  • މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށް

ކުރެންދޫގައި 50 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވަނީ 10 ފަންގިފިލާގެ އެއް އިމާރާތުގައިކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނެފައިވަނީ އިމާރާތުގައި ލިފްޓް ހިމެނޭ ކަމަށާއި ގްރައުންޑް ފްލޯގައި ކޮމާޝަލް އޭރިއަކާއި ބިލްޑިން ސާވިސް އޭރިއާއެއް ހިމެނޭ ކަމަށެވެ.

އެ ހައުސިން ޔުނިޓުތަކުގެ ބޮޑުމިނަކީ 1،000 އަކަފޫޓު ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އެ ޔުނިޓުތަކުގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީގެ އިތުރުން ސްޓޯ ރޫމެއް ހުންނާނެ ކަމުގައެވެ.

ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލި ކުރެވޭނެ ކަމަށާއި ޕާކަކާއި ވެހިކަލް ޕާކިން އޭރިއާއެއް ގާއިމުކުރެވިގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް