
ނެއިބާސް އަކީ 1985 ވަނަ އަހަރުން ފެށިގެން މަގުބޫލުކަން ހޯދާފައިވާ އޮސްޓްރޭލިއާގެ ސީރީޒްއެކެވެ. މި ސީރީޒްގައި ޕީޓާ ކުޅެފައިވަނީ ޖިމީ ޑްރޭންގެ ރޯލެވެ.
އޭނާ މަރުވެފައިވަނީ ސްނޯކްލިންގައި އުޅެނިކޮށް ލޮނުބޮވި ގެނބިގެންނެވެ. އޭނާ ގޮނޑުދޮށަށް ގެނެސް ސީޕީއާރު ދިން ނަމަވެސް އޭނާ މަރުވީކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ޕީޓާއަކީ އިނގިރޭސި ވިލާތުގެ ރައްޔިތެއް ނަމަވެސް އޭނާ ބޮޑަށް މަޝްހޫރީ އޮސްޓްރޭލިއާގެ ސީރީޒްތަކާއި ފިލްމުތަކުންނެވެ.
ޕީޓާ ހާޑީ
މިމަހު 14 ވަނަ ދުވަހު ޕީޓާ މަރުވިއިރު، 13 ވަނަ ދުވަހު ވެސް ވަނީ އުމުރުން 46 އަހަރުގެ ފަރުރުވެރިއެއް މަރުވެފައެވެ. އިނގިރޭސި ވިލާތައް ނިސްބަތްވާ އެ ފަތުރުވެރިއާ މަރުވެފައިވަނީ ފުޅިއަޅައިގެން މަޑިވަރު ޕޮއިންޓުގައި ފީނަނިކޮށެވެ.
ޖެހިޖެހިގެން ދެ ދުވަހު ދެ ފަތުރުވެރިން މަރުވުމާގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ ސަމާލުވުމަށް ވެސް އެދިފައެވެ.
ފީނުމުގެ ހަރަކާތްތަކުގައި މުވައްޒަފުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިތުރަށްް ހޭލުންތެރިކުރުމާއި، ރައްކާތެރިކަމާ ގުޅުންހުރި ޓްރޭނިންތައް އާންމުކޮށް ހިންގުމަށްވެސް މިނިސްޓްރީން ވަނީ މިމައްސަލައިގައި އިލްތިމާސްކޮށްފައެވެ.