
މިގޮތުން ލަންކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ސަންޑޭ ޓައިމްސްގައި ލިޔެފައިވާ ރިޕޯޓެއްގައި ވަނީ ވަރަށް ބޮޑަށް ފްރެނާންޑޯއަށް ފާޑުކިޔާފައެވެ. އެގޮތުން އެ ނޫހުގައި ލިޔެފައިވާގޮތުން މިނިސްޓަރު "ގަޓު ވުމަށްވުރެ ސިކުނޑި ބޭނުންކުރުން ބުއްދިވެރިވާނެ،" އެވެ.
އެ ނޫހުގައި ބުނެފައިވާގޮތުން މިނިސްޓަރަށް "މައިކެއް ފެންނެއިރަށް ދައްކަންވާ ވާހަކައާއި ދައްކަން ނުވާވާހަކަ އޮޅެނީ މިނިސްޓަރު ޅަ ކަމުން،" ނެވެ.
އަދި މިނިސްޓަރާމެދު ރަސްމީ ސިފައެއްގައި ފިޔަވަޅު އެޅުމަކީ އެކަށީގެންވާކަމެއް ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.
ލަންކާގެ ފަތުވެރިކަމުގެ ސަރަހައްދެއް--
ރާއްޖެއަށް ފާޑުކިޔަން މިނިސްޓަރު ދެއްކެވީ ކޮންވާހަކައެއް؟
ފަތުރުވެރިކަމުގައި ދިވެހިރާއްޖެއަށް ވިއްކެންއޮތީ ހަމައެކަނި ދޮންވެލި ބީޗްކަމަށް، ސްރީލަންކާގެ މިނިސްޓަރ އޮފް ޓްއަރިޒަމް ހެރިން ފެނާންޑޯ ވިދާޅުވާ ވީޑިއޯ އެއް ސްރީންލަންކާގެ ހަބަރުތައް ގެނެސްދޭ "ނިއުސްވަޔާ ލަންކާ" އިން އާންމުކުރީ މިދިޔަ ހަފްތާގައެވެ. އެ ވާހަކަ ތަކަކަކީ ޖަރުމަނު ވިލާތުގައި ކުރިއަށް ދިޔަ އައިޓީބީ ފެއާ ގައި ދެއްވި އިންޓަވިއެއްގައި ހެރިން ފެނާންޑޯ ދައްކަވާފައިވާ ވާހަކަތަކެކެވެ.
ފެރެނާންޑޯ ވިދާޅުވެފައިވަނީ ރާއްޖެއަަށް ފަތުރުވެރިން ދާން ދުވަސްކޮޅަކުން "ފޫހިވާނެ" ކަމަށާއި، ރާއްޖެއަށް ދެއްކެން އޮތީ ކަނޑު ކަމަށެވެ. އަދި ރާޢްޖޭގައި ފަތުރުވެރިއަކު އާންމުކޮށް ހޭދަކުރަނީ ފަސް ދުވަސް ކަމަށާއި އެ ފަސް ދުވަހުގެ ތެރޭގައި ވެސް ފަތުރުވެރިއާ ހުންނަން ޖެހޭނީ ހަމައެކަނި ބީޗުގައި ކަމަށް އެނާ ވިދާޅުވިއެވެ.