ads
މި ރޯދަމަހު އެތެރެކުރާ މުދަލުގެ މިންވަރު އިތުރުވާނެކަމަށް ލަފާކޮށް، ދަތިކަމެއް ނެތި މުދާ ކްލިއާކުރުމަށް އެމްޕީއެލުން ވަނީ ތައްޔާރުވެފައި - ފޮޓޯ:އެމްޕީއެލް
އަމާޒަކީ އާންމު މުދާ ދުވަހުން ދުވަހަށް ކްލިއާކުރުން: ޝާހިދު
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އަމާޒަކީ މި އަހަރުގެ ރޯދަމަހު އާންމު މުދާތައް އެދުވަހުން ދުވަހަށް ކްލިއާކުރުން ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
Advertisement

އެމްޕީއެލްގެ އޮޕަރޭޝަންތައް ރޯދަ މަހު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަމަހަކީ މިހާތަނަށް ތާރީހުގައި އެއް މަހަކަށް އެންމެ ގިނަ އަދަދެއްގެ މުދާ އެތެރެކުރި މަސް ކަމަށެވެ. 

މި އަހަރުގެ ރޯދަމަހު އެތެރެކުރާ މުދަލުގެ މިންވަރު އެއަށް ވުރެ އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށާއި އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކާ އެކު މި ރޯދަ މަހު ދަތިކަމެއް ނެތި މުދާ ކްލިއާކުރުމަށް އެމްޕީއެލުން ތައްޔާރުވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކާބޯތަކެތި އަންނަ ދުވަހު ބޭލުން ކަމަށާއި ދުވަހެއްގެ ހެނދުނު ބޯޓެއް އައިސްފި ނަމަ އެ ބޯޓެއްގައި ހުރި މުދާ އެދުވަހުން ދުވަހަށް ކްލިއާކޮށް ނިންމުން ކަމުގައެވެ.

ޝާހިދު ވިދާޅުވެފައިވަނީ މި ރޯދަމަހު މުދާ ކްލިއާކުރުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށާއި ޓާސްކް ފޯސް މެދުވެރިކޮށް މުދާ ބާލާ، ކްލިއަކޮށް، މުދަލުގެ ވެރިފަރާތަށް ރައްދުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. ރޯދަމަހާއި ދިމާކޮށް މުދާ ކްލިއަކުރުމަށް މުވައްޒަފުން އިތުރުކޮށްފައިވާ ކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މުދާ ކްލިއަކުރުމުގެ މަސައްކަތް ހަލުވި ކުރުމަށް އެ ކުންފުންޏަށް ހަތަރު ރީޗްސްޓެކާ ގެނެސްފައިވާ ކަމަށެވެ.

your imageއެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ފޮޓޯ:އެމްޕީއެލް

ރޯދަމަހު ގެނެވޭ ކާބޯތަކެއްޗާއި އާންމު މުދާ ހިޔާ ސަރަހައްދެއްގައި ބެހެއްޓުމުގެ ގޮތުން ވަގުތީ ޝެޑްތަކެއް މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގެ ވިޔަފާރި ބަނދަރުގައި އަޅާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވެފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ސަރަހައްދީ ބަނދަރުތަކުގައިވެސް ރޯދަ މަހަށް ވާން ޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށެެވެ.

މި ރޯދަމަހު އެމްޕީއެލުން މުދާ ކްލިއަކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހެނދުނުގެ 9:15 އިން ފެށިގެން ހަވީރު 4:30 އަށެވެ. އަދި ރޭގަނޑު 9:15 އިން ފެށިގެން ދަންވަރު 1:30 އަށެވެ. އެހެންނަމަވެސް، ކްލިއާކުރުމަށް އިތުރު މުދާ ހުރެއްޖެ ނަމަ ފަތިސްވަންދެން މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އޭގެ އިތުރުން އެމްޕީއެލްގެ ބައެއް އެހެނިހެން އޮޕަރޭޝަންތައް ރާވާފައިވަނީ 24 ގަޑިއިރު ކުރިއަށް ގެންދާ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް