ads
ގްރީސްގެ ރިސޯޓެއް
ރާއްޖެއާއި ވައްތަރު ތަނަކަށް ޗުއްޓީއަށް ދިޔަ މީހަކު ބަނގުރޫޓުވެއްޖެ
ޗުއްޓީގެ އަގު ހެޔޮކުރުމުގެ ބޭނުމުގައި ރާއްޖެއާއި ވައްތަރުތަނަކަށް ޗުއްޓީއަށް ދިޔަ ގްްރީސްގެ އަންހެނެއް ބަނގުރޫޓުވެއްޖެކަމަށް އޭނާ ބުނެފިއެވެ.
Advertisement

މި އަންހެން މީހާ އޭނާގެ ޗުއްޓީ ދަތުރުގައި ބަނގުރޫޓުވިގޮތް ކިޔައިދެމުން ބުނީ، ރާއްޖެއަށް ދާން ނިންމުމަށްފަހު އޭނާގެ ދަތުރުގެ މަންޒިލް "ރާއްޖެއާއި ވައްތަރު އަދި ރާއްޖޭގެ އިހުސާސް ކުރެވޭ" ތަނަކަށް ބަދަލުކޮށްލީ އަގުހެޔޮކުރުމުގެ ބޭނުމުގައެވެ. 

އެގޮތުން އޭނާ ނިންމީ ގައުމުން ވެސް ފުރައިގެން ނުގޮސް ގްރީސްގެ ބީޗު ސަރަހައްދެއްގެ ރިސޯޓެއްގައި ޗުއްޓީހޭދަކުރުމަށެވެ. މިކަމަށްޓަކައި ތައްޔާރުވެގެން އޭނާގެ ކާރުގައި ގޮސް، ގޯސްވީ އޭނާއަށް ކާރު ޕާކުކުރެވުނު ސަރަހައްދެވެ.  

އޭނާގެ ދަތުރު ބޮޑު ދަރަންޏަކަށް ބަދުވިގޮތް ކިޔައިދެމުން އަންހެންމީހާ ބުނީ އެޑްމިންގެ ގޯހެއްގެ ސަބަބުން 6 މިލިއަން ޕައުންޑު (112,660,548 ދިވެހި ރުފިޔާ) އަށްވުރެ ބޮޑު ޕާކިން ޓިކެޓެއް ދިނުމުން އޭނާއަށް "ގާތްގަނޑަކަށް ސްޓްރޯކެއް ޖެހުނު" ކަމަށެވެ.

ގްރީސްގެ ގައުމީ ނޫސްތަކުން ބުނާ ގޮތުގައި އަންހެންމީހާއަށް ދިން ޓިކެޓަކީ "ދުނިޔޭގެ އެންމެ އަގުބޮޑު ޕާކިން ޓިކެޓް" އެވެ. 

ގްރީސްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ރަން އޮފް ދަ މިލް" ޕާކިން ގަވާއިދާ ހިލާފުވުމުން ޖޫރިމަނާ ކުރަން ޖެހެނީ ގާތްގަނޑަކަށް 87 ޕައުންޑުކަމަށެވެ. ނަމަވެސް އަންހެންމީހާ އެހާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވުނީ އޮޅުމަކުންކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. 

ގްރީސްގެ ގަވައިދު ބުނާގޮތުން 100 ޔޫރޯއަށް ވުރެ ބޮޑު ޖޫރިމަނާއެއް ނަމަ ދައްކަންޖެހެނީ ކްރެޑިޓް ކާޑުންނެވެ. ނަމަވެސް އެ އަންހެން މީހާ ވަނީ އެނާގެ ކްރެޑިޓް ކާޑުގައި ވެސް އަދި އަތުގައިވެސް އެވަރުގެ ބޮޑު އަދަދެއް ނެތްކަމަށް ބުނެ އޭނާއަށް ޖޫރިމަނާ ދެއްކުމަށް ވަގުތާއި ލުއިގޮތްތަކެއް ހޯދައިދިނުމަށް އެދިފައެވެ. 

މި އަދަދުގެ ޖޫރިމަނާ ދެއްކުމަށް އަންހެން މީހާއަށް އަންގައި ސިޓީ ފޮނުވީ އޭނާ ޗުއްޓީ ހޭދަކޮށް ނިންމައި ގެއަށްވެސް ދިޔަފަހުންނެވެ. ނަމަވެސް އެއީ ގޯހެއްކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވާއިރު އެވަރުގެ ބޮޑު އަދަދަކުން މީހަކު ޖޫނިމާވީ ކިހިނެއްކަން އަދިވެސް ސަރުކާރަށް ކިޔައި ނުދެވޭކަމަށް ގްރީސްގެ މީޑިއާތަކުން ބުނެއެވެ.

ރެންޓަލް ސެންޓަރު "ކްރީޓް" އިން ބުނާ ގޮތުގައި ގްރީސްގައި ޕާކިން ޖޫރިމަނާގެ ގޮތުގައި އާންމުކޮށް ކަނޑައަޅާފައިވަނީ 80 ވަނަރަކަށް ޕައުންޑެވެ. އަދި އެ ފައިސާވެސް 10 ދުވަހުގެ ތެރޭގައި ދައްކާނަމަ 50 ޕަސަންޓު މާފުވާނެއެވެ. 

35%
ކަމުގޮސްފި
24%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް