ads
ރައީސް މައުމޫނު އަދި ގާސިމް
ރައީސް މައުމޫނާއި ގާސިމް ބައްދަލުކުރައްވަނީ
ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ބައްދަލު ކުރެއްވުމަށް ނިންމަވައިފި އެވެ.

މި މައްބަދަލުވުން އޮންނާނީ މިއަދު 1:30 ގައި ހ ފުލިދޫގޭގައި ހިންގާ ރައީސް މައުމޫނުގެ އޮފީހުގައެވެ. ދެ ބޭފުޅުން ބައްދަލު ކުރައްވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށްވެ.

ރައީސް މައުމޫނު އިއްޔެވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ. މަޝްވަރާތަކާ ގުޅޭ ތަފްސީލެއް އަދި ނުލިބެއެވެ.

މިހާރުގެ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ އިންތިހާބުގައި ރައީސް ސޯލިހްއަށް ތާއިދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ. 

ނަމަވެސް ޖުމްހޫރީ ޕާޓީން ނިންމީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު އިންތިހާބަށް ނެރުމަށެވެ. އެޕާޓީން މިހާރުވަނީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް، ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގައެވެ. ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނީ ސެޕްޓެމްބަރު 30 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް